ކުއްލި ޚަބަރު

ނިމިފައިވާ ފްލެޓްތައް މިހަފްތާ ތެރޭ ހަވާލުކުރަން ފަށާނެ: އެފްޑީސީ

ކުރިއަށް އޮތް 20 އަހަރުގެ ތަރައްގީގެ ޕްލޭން ޖެނުއަރީ މަހު އިފްތިތާހު ކުރަނީ

ވައިގަދަވެ މަރަދޫފޭދޫގެ ހަތް ގެއެއްގެ ފުރާޅު އެއްލާލައިފި

ނިމިފައިވާ ފްލެޓްތައް މިހަފްތާ ތެރޭ ހަވާލުކުރަން ފަށާނެ: އެފްޑީސީ

gedoru veriya

ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ 4000 ހައުސިން ޔުނިޓްގެތެރެއިން މިހާތަނަށް ނިމިފައިވާ ޔުނިޓްތައް މިހަފްތާގެ ތެރޭގައި ހަވާލުކުރާން ފަށާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ.

މިހާތަނަށް 3000އަށްވުރެ ގިނަ ފަރާތާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް އެފްޑީސީން ވިދާޅުވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީ ކުރި 4000 ސޯޝަލް ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާ އެޔުނިޓުތައް ހަވާލުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއެވެ. އެފްޑީސީން ވިދާޅުވީ އެކޯޕަރޭޝަންގެ އަމާޒަކީ ނިމިފައިވާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިހަފްތާގެ ނިޔަލަށް ފެށުންކަމަށެވެ.

އެފްޑީސީން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓުގެތެރެއިން، ނިމިފައިވާ ޓަވަރުތަކަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ހުރިހާ ޓަވަރުތަކުގައިވެސް ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތަކާއި ޓަވަރުތަކުގެ އެތެރޭގައި ކުރަންހުރި މަސައްކަތްތަކެވެ.

ގެދޮރުވެރިޔާ ސްކީމްގައި އެންމެ ފުރަތަމަ ކުލީގެ ގޮތުގައި ކަނޑައެޅީ 3 ކޮޓަރިއަށް 13000 ރުފިޔާ، 2 ކޮޓަރިއަށް 9000 ރުފިޔާއެވެ. ނަމަވެސް ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީއެއް ދޭން ނިންމައި، އެ ފަރާތްތަކުގެ ކުލިން، 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އެފްޑީސީން ވިދާޅުވެފައިވަނީ ތަޅުދަނޑި ހަވާލުކުރާނީ، ސޮއިކުރުމަށްފަހު އެޕާޓްމަންޓްތައް ޔުޓިލިޓީ ޚިދުމަތްތަކަށް ރަޖިސްޓްރީވެ ޑިޕޮސިޓް ފައިސާ ދެއްކުމުންކަމަށެވެ. ސަރުކާރުން ކަނޑައަޅާފަވަނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25000 ހާސް ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ. ފްލެޓްތަކަށް ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ އެއްފަހަރާއެވެ. އެހެންނަމަވެސް ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

މީގެ ކުރީގެ ތަޖުރިބާއަށް ބަލާފައި، ސަރުކާރުން މިފަހަރު ރައްޔިތުންނަށް ދީފައިވާ ޔަގީންކަމަކީ، ފްލެޓްތައް ހަވާލުކުރާނީ ފިނިޝިން ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުކަމެވެ. އެގޮތުން ޔުނިޓްތައް ހަވާލުކުރާއިރު، އެޕާޓްމަންޓްތަކުގެ ހުރިހާ ދޮރުތައް ހުންނާނީ ހަރުކޮށްފައެވެ. އަދި މުޅި އެޕާޓްމަންޓްގައި ހުންނާނީ މުށި ޖަހާ ނިންމާފައެވެ. އެޕާޓްމަންޓްގައި ކުލަލާފައިވާއިރު، ފާހާނާގެ ފިޓިންތައްވެސް ހުންނާނީ ގުޅާފައެވެ. އެގޮތުން ފާޚާނާގައި މުށި ޖެހުމާއި ފާޚާނާ ތަށި ބެހެއްޓުމާއި މޫނު ދޮންނަ ތަށި އަދި ޝަވަރާއި އެހެނިހެން ފިޓިންގްސްތައްވެސް ހުންނާނީ ހަރުކޮށްފައެވެ. ފާހާނާގެ ފާރުތަކުގައިވެސް މައްޗާއި ހަމައަށް ހުންނާނީ މުށި ޖަހާފައެވެ. ހުރިހާ ކޮޓަރިތަކުގައިވެސް ފާހާނާ ހުންނާނެއެވެ.

ކަރަންޓު މަސައްކަތަށް ބަލާއިރު، ވަޔަރިންގެ ހުރިހާ މަސައްކަތްތައް ހުންނާނީ ނިންމާފައެވެ. އަދި ލައިޓާއި ފަންކާ ހަރުކޮށް ކަރަންޓު ސްވިޗް ބޯޑުތައްވެސް ހުންނާނީ ހަރުކޮށްފައެވެ.
އެޕާޓްމަންޓްތަކުގައި ބެލްކަނި ހިމެނޭއިރު، އޭގެ އިތުރުން ލޯންޑްރީ ސްޕޭސްއެއްވެސް ވަކިން ހިމެނެއެވެ.

ނަމަވެސް އެޕާޓްމަންޓްތައް ދޫކުރާއިރު ބަދިގެ ސެޓް ނުހުންނާނެއެވެ. އެފްޑީސީން ވިދާޅުވީ ބަދިގެ ސެޓް ނުބެހައްޓަމް ނިންމީ ކަސްޓަމަރުން ބޭނުންވާ އިންޓީރިއާއަށް ބަދިގެ ސެޓް ހެދުމަށް ފުރުޞަތު ދިނުމަށްކަމަށެވެ. ނަމަވެސް ބަދިގޭގެވެސް ފެނާއި ކަރަންޓު ވަޔަރިންގެ މަސައްކަތް ހުންނާނީ ނިންމާފައިކަމަށް އެފްޑީސީން ވިދާޅުވެއެވެ.

ސަރުކާރުގެ ޢަމާޒަކީ މިއަހަރުތެރޭގައި ހުރިހާ ޔުނިޓްތައް ވެރިފަރާތާ ހަވާލުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާގެ ކުންފުންޏަކާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

112

ކުރިއަށް އޮތް 20 އަހަރުގެ ތަރައްގީގެ ޕްލޭން ޖެނުއަރީ މަހު އިފްތިތާހު ކުރަނީ

112

ވައިގަދަވެ މަރަދޫފޭދޫގެ ހަތް ގެއެއްގެ ފުރާޅު އެއްލާލައިފި

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ރައްކާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ELL Mobile Advertisement TTH_advertisement