ކުއްލި ޚަބަރު

މިނިސްޓްރީތަކުގައި ރޯވެ ލިބުނު ގެއްލުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ

ޖަލުތަކުން ކުރާ ކޯލްތައް ރިޕޯޓްކުރާ ޕޯޓަލެއް ތައާރަފްކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިވުމަކީ އެތައް ގޮތަކުން ފައިދާހުރި ކަމެއް: މެޑަމް ސާޖިދާ

ތިނަދޫ ރޯ ހައުސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

66

ގދ. ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ހުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ވަނީ ތިނަދޫގައި ތަރައްޤީކޮށްފައިވާ ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާގޮތުގެ އުސޫލު އާންމުކޮށްފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒަރާއިން ވިދާޅުވީ ތިނަދޫގައި ތަރައްޤީކޮށްފައިވާ 200 ރޯހައުސްތަކަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ނޮވެމްބަރުމަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. މި ރޯހައުސްތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ހިޔާވެހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ.

ތިނަދޫގައި ތަރައްޤީކޮށްފައިވާ ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލުގައި ވާގޮތުން މި ރޯހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރަށްވެއްސެއް ނުވަތަ ތިނަދޫއަށް ހުޖުރަކޮށް އެރަށުގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ މީހުންނަށެވެ. އަދި ދިވެއްސަކަށް ވުމާއެކު އުމުރުން 18 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

ރޯހައުސްއަށް އެދޭ ފަރާތަކީ އެއްމެދު އިމާރާތަކުން 600 އަކަފޫޓުގެނުވަތަ އެޔަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި އެހެން ރަށަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިނަދޫ ސިޓީއަށް ވާރޭވެހި، ގެތަކަށް ފެން ވަދެ ގެއްލުންތަކެއް

thinadhoo

ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ

778

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 2،319 ގޯތީގެ ރަޖިސްްޓަރީ ހަވާލުކޮށްފި

900

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

TTH_advertisement