ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި 

minivan-champ
އެފްއޭއެމްއިން މީގެ ކުރިން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ތެރެއިން — ފޮޓޯ: މިހާރު
STO_Ads
TTH_Ads
Maldivian_Ads
Advertisement

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

އެ މުބާރާތަކީ އެފްއޭއެމްއިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން ރާއްޖޭގެ ތިން ރީޖަނެއްގައި މިއަހަރު ފަށާ މުބާރާތެކެވެ.

އެފްއޭއެމްއިން އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ފުރަތަމަ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އެފަހަރު ފުރުސަތު ހުޅުވާލީ މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

HajjCop_ads
Advertisement

އެ މުބާރާތުގައި ބައިވެރުވުމަށް ފުރުސަތު ހުޅުވާލީ ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯސްކުރާ ޓީމުތަކަށް އެކަންޏެވެ.

އެފްއޭއެމްއިން މިއަދު ނެރުނު އިއުލާނުގައި ބުނީ އެފަހަރުގެ ފުރުސަތުގައި ގިނަ ޓީމުތަކަކުން ބައިވެރިވެފައިވީ ނަމަވެސް، ކައުންސިލާއި ކައުންސިލުން އެންޑޯސް ކޮށްފައިވާ ކްލަބުތަކުން ބައިވެރިވި ބައެއް ރަށްރަށުގެ ކްލަބުތަކުން އިތުރު ފުރުސަތަކަށް އެދެމުންދާ ކަމަށެވެ.

އެހެންކަމުން އެފްއޭއެމްއިން ވަނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، މިމަހުގެ 11 ގެ ނިޔަލަށް އިތުރުކޮށް، ކައުންސިލުން އެންޑޯސް ނުކުރާ ކްލަބުތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތަށް އެއް ރަށަކުން ދެ ޓީމު ބައިވެރިވާ ނަމަ، ތިންވަނަ ޑިވިޝަނަށް ފުރުސަތު ދޭނީ ގުރު ނަގައިގެން ކަމަށްވެސް އެފްއޭއެމްއިން ބުންޏެވެ.

އެފްއޭއެމްއިން ނެރުނު އިއުލާނުގައި ބުނީ އިއުލާނުގައިވާ ފޯމު ކަނޑައެޅިފައިވާ މެއިލްއަށް މުއްދަތުގެ ކުރިން މެއިލް ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ.

އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް: https://gazette.gov.mv/iulaan/358548

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FAM TOM

އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ގާއިމްކުރާ ރަށްތައް ކަނޑައަޅައިފި

އދ. އަތޮޅުގެ ޗެމްޕިއަންކަން ދަނގެތި ހޯދައިފި

B vbDQDN5AfLH3tPUXZP42hx5mr

ބައްސާމް ގޭ ބަންދަށް ބަދަލުކޮށްފި

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ހއ.އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ އަށް