ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީ ޓޮޕް ހޮސްޕިޓަލުން ހިލޭ ލޮލުގެ ޑޮކްޓަރަށް ދެއްކޭ ޚާއްޞަ “ކެޓަރެކްޓް ކެމްޕޭން” ފަށައިފި

News 2 (1)
STO_Ads
TTH_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން 45 އަހަރުން މަތީގެ އުމުރުފުރައިގެ ފަރާތްތަކަށް އަމާޒުކޮށްގެން ހިލޭ ލޮލުގެ ޑޮކްޓަރަށް ދެއްކޭ ޚާއްޞަ “ކެޓަރެކްޓް ކެމްޕޭން” އެއް ފަށައިފިއެވެ.

މި ކެމްޕޭން ކުރިއަށްދާނީ ސެޕްޓެމްބަރު 7 އިން 13 އަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި، މި ކެމްޕޭނުގައި ދިވެހިންނާއި ބިދޭސީންގެ އިތުރުން ފަތުރުވެރިންނަށްވެސް ބައިވެރިވެވޭނެއެވެ. ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ހަވީރު 5:30 އަށް ކޮންސަލްޓޭޝަންތައް ކުރިއަށްދާނެއެވެ. އަދި މި ކެމްޕޭނުގެ ދަށުން ހިދުމަތްހޯދާ ފަރާތްތަކަށް އިންޝިއުރަންސް އަދި އާސަންދަ ފިޔަވައި އިތުރު އެއްވެސް ޚަރަދަކާ ނުލައި ޑަކްޓަރަށް ދައްކައި ލޮލުގެ ސްކްރީނިން ހެދޭނެއެވެ.

HajjCop_ads
Advertisement

ކެމްޕޭނުގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް ކުރިއާލާ ރަޖިސްޓްރީ ކުރެވޭނެއެވެ. ނަމަވެސް، އެޕޮއިންޓްމަންޓް ނުހަދާ ނުވަތަ “ވޯކްއިން” އެޕޮއިންޓްމަންޓްތައްވެސް ޖާގަ އޮތް މިންވަރަކުން ބަލައިގަނެވޭނެކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، މި ކެމްޕޭނުގެ ދަށުން، ޑޮކްޓަރަށް ދެއްކުމާއި ސްކްރީނިންގް ފިޔަވައި އެހެނިހެން ޓެސްޓްތަކާއި ފަރުވާގެ ޚަރަދުތައް ދައްކަންޖެހޭނީ އާންމު އުސޫލުންނެވެ.

ރެޖިސްޓްރީކޮށް ނަން ނޯޓު ކުރުމަށް: https://shorturl.at/VKWMx

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ކެމްޕޭނާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އަންގަވާފައިވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ވެކްސިންގެ މުހިންމުކަމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ޚާއްސަ ސީއެމްއީ ސެޝަނެއް ބާއްވައިފި

988

ޑރ. ޕަންކަޖް: ހޯމޯންއާއި މެޓަބޮލިކް އާއި ހަކުރުގެ ބަލިތަކަށް ފަރުވާދިނުމުގައި ތަޖުރިބާކާރު ޑޮކްޓަރެއް

tree top

ޓްރީޓޮޕްގެ ހެލްތު ކޭމްޕެއް މިމަހު 10 އަދި 11ގައި ށ. ފުނަދޫގައި

tree top

ރޯދަ މަހު ޓްރީ ޓޮޕުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފި