ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

Malaysia
TTH_Ads
STO_Ads

މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ. އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ، މެލޭޝިއާގެ ޤައުމީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނު އިބްރާހީމް އިސްކަންދަރަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި، މެލޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް ވަނީ ފޮނުއްވާފައެވެ.

މެލޭޝިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާ ގާތްގުޅުމެއް ބާއްވާ ޤައުމެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ސަރުކާރާއި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ޒަމާންވީ މި ގާތްގުޅުން މިގޮތުގައި ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

HajjCop_ads

މެލޭޝިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓްމަހުގެ 31 ވަނަ ދުވަހެވެ. އެގޮތުން މި އަހަރު ފާހަގަކުރަމުން ދަނީ އެ ޤައުމުގެ 68 ވަނަ މިނިވަން ދުވަހެވެ.

ދިވެހިރާއްޖެއިން މެލޭޝިއާއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ 1968 ވަނަ އަހަރުގައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު