ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ ދެކުނުގައި ހުސްބިންތަކެއްނެތް، އިސްތިއުމާރީ ސިފައިން ހަދަނީ ދޮގު: ޣައްޒާ މީޑިއާ އޮފީސް

STO_Ads
TTH_Ads
Advertisement

ޣައްޒާގެ ދެކުނުގައި ހުސްބިންތައް އެބަހުރި ކަމަށް ބުނެ، އިސްތިއުމާރީ ސިފައިން ހަދަމުންގެންދަނީ ކަނޑައެޅިގެން ރޯބުހުތާނު ދޮގުތައް ކަމަށް، ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.

ޣައްޒާ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގެ ދެކުނުގައި އެއްވެސް ހުސްބިމެއް ނެތް ކަމަށާއި، ޣައްޒާގެ ދެކުނާއި، ޣައްޒާގެ މެދުތެރެ މިހާރު މީހުންނާއިގެން ތޮއްޖެހި ފުރިބާރުވެފައިވާ ކަމަށެވެ.

އިސްތިއުމާރީ ސިފައިން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

HajjCop_ads
MMA_Ads
Advertisement

އިސްތިއުމާރީ ސިފައިން ދެމުންގެންދާ ހަމަލާތަކުން ސަލާމަތްވުމަށާއި، އަދި ޣައްޒާގެ އެކި ހިސާބުތަކުން ގަދަކަމުން ގެދޮރުން ބޭރުކޮށްލެވުނު ގާތްގަނޑަކަށް 1.4 މިލިއަން މީހުން ޣައްޒާގެ މެދުތެރެއާއި ދެކުނުގައި އެބަ ތިބި ކަމަށް މީޑިއާ އޮފީހުން ބުނެފައި ވެއެވެ.

އެމީހުން ދިރިއުޅެމުން ގެންދަނީ ޓެންޓުތަކާއި، ހަޓުތަކުގައި ކަމަށާއި، އެމީހުން ދިރިއުޅެމުން ގެންދަނީ އަސާސީ އެއްވެސް ޚިދުމަތެއް ނުލިބި ކަމަށްވެސް ބުނެފައި ވެއެވެ.

އިސްތިއުމާރީ ސިފައިން މިހާރު ގެންދަނީ، ޣައްޒާގެ އުތުރުން ގާޒާ ސިޓީގައި ތިބި އާންމުން ގަދަކަމުން ގެދޮރުން ބޭރުކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ. ގާޒާ ސިޓީގެ އެކި އަވަތަށްތަކަށް ހަމަލާދީ ބިމާހަމަކުރަމުން ގެންދާއިރު، އާންމުން ފައްސަމުން ގެންގޮސް މިހާރު ކަނަކަށް ޖަމާކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އެމީހުން ރަށުން ބޭރު ކުރުމަށްޓަކައި ބުނަމުން ގެންދަނީ، ޣައްޒާގެ ދެކުނުގައި އެކަށީގެންވާ ބޮޑެތި ހުސްބިންތައް އެބަހުރި ކަމަށެވެ. އަދި ޣައްޒާގެ އުތުރުގެ އާންމުންނަށް އަމުރުކޮށް ބިރުދައްކަމުން ގެންދަނީ ޣައްޒާގެ ދެކުނަށް ދިއުމަށެވެ. އެގޮތުން ބުނަމުންގެންދަނީ އަލްމަވާސީއާއި، ދީރުލް ބަލާހަށް ދިއުމަށެވެ.

އެކަމަކު، ޣައްޒާ މީޑިއާ އޮފީހުން ބުނަނީ އިސްތިއުމާރީ ސިފައިން ހަދަނީ ކަނޑައެޅިގެން ދޮގު  ކަމަށެވެ. ޣައްޒާގެ އުތުރު ނުވަތަ ގާޒާ ސިޓީގެ އާންމުން ގޮސް ތިބޭނޭވަރުގެ ބޮޑެތި ބިންތަކެއް ޣައްޒާގެ ދެކުނުގައި އަދި މެދުތެރޭގައިވެސް ނެތް ކަމަށެވެ.

އަނެއްކޮޅުން، އިސްތިއުމާރީ ސިފައިން ވަރުގަދަ ހަމަލާތައް ދެމުން ގެންދިއުމާއި، ގެދޮރާއި އިމާރާތްތައް ގޮއްވައި އަދި ބިރު ދައްކަމުން ގެންދާއިރުވެސް، ގާޒާ ސިޓީގެ ގިނަ އާންމުން އެ ސިޓީ ދޫކޮށް ދާކަށް މިހާރު  ބޭނުމެއް ނުވެއެވެ.

ގާޒާ ސިޓީގައި ތިބި ގިނަ މީހުންނަކީ މީގެކުރިން އެތަކެއް ފަހަރުމަތިން ގަދަކަމުން ގެދޮރުން ބޭރުކޮށްލެވުނު މީހުންނެވެ. އެތައް ތަނަކަށް ކުރިން ހިޖުރަކޮށްފައިވާ މީހުންނެވެ.

އެހެންނަމަވެސް، ގާޒާ ސިޓީ މުޅިން ހުސްކޮށް އެ ސިޓީ ހިފުމަށް އިސްތިއުމާރީ ބާރުން ނިންމައި ހަމަލާތައް ދެން ފެށުމާއެކު އާންމުންގެ އަޒުމް އިތުރަށް ވަރުގަދަވެ ބުނަމުންގެންދަނީ ގެދޮރުދޫކޮށް ނުދާނޭ ކަމަށެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް

ހިޒްބުﷲއިން އިސްތިއުމާރީ ސިފައިންނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުން “އެއްބަސްވުމޭ” ގޮވަން ފަށައިފި