ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑރ ޕެޕާ ރާއްޖޭގައި ވިއްކުން މަނާކޮށްފި

112

ނުރައްކާތެރި މިންވަރަކަށް މާއްދާއެއް އެކުލެވޭ އެމެރިކާގެ އުފެއްދުމެއް ރާއްޖޭގައި ވިއްކުން މިއަދު މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ “ޑރ ޕެޕާ”ގައި ބެންޒޮއިކް އެސިޑް ކިޔާ މާއްދާއެއް ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރުމުގެ ސަބަބުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކަން އަދި ނައްތާލުމަށް އަންގާފައިވާ ކަމަށެވެ.

އެ އުފެއްދުން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރުއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައިވެއެވެ.

“ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އަންގަމެވެ،” އެ ބަޔާނުގައި ބުންޏެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭއަށް ގުޅުމަށް އެ އޮތޯރިތީން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ބަންދު ކޮށްފި

health ministry

ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މުޅިން އަލަށް 363 ބޭހެއް ރަޖިސްޓަރކޮށްފި

health ministry

ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފި

health ministry

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި