ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ރީޖަނަލް އެސޯސިއޭޝަން ހަދަން ފުރުސަތު ދެނީ

އަތޮޅު ތެރޭގައި ގާއިމުކުރާ ފުޓްބޯޅަ އެސޯސިއޭސިއޭޝަން އޮފް މޯލްޑިވިސްގެ ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނީ “އެޓޯލް ޗެމްޕިއަންޝިޕް” ގައި ބައިވެރިވާ ރަށްތަކަށް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކޮއްފިއެވެ.

އެ އިދާރާގެ ރައީސް އަޙްމަދު ޠާރިޤު ވިދާޅުވީ މި ފަހަރު އަސާސީ ގަވާއިދަށް ބަދަލު ގެނައިރު ކުޅިވަރުގެ ގާނޫނަށް ގެނައި ބަދަލާއެކު ގައުމީ އެސޯސިއޭޝަންތައް ރީޖަނަލް ލެވަލްއަށް ފުޅާކުރުން ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް މިއަހަރު އެކަން ނުކުރެވުނީ ފީފާގެ ލަފާގެ މަތިން ކަމަށާއި ފީފާއިން ލަފާދީފަ ވަނީ ރީޖަނަލް އެސޯސިއޭޝަންތަކެއް އުފެއްދުމަށް ފަހު އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށް ކަމަށެވެ.

ޠާރިޤު ވިދާޅުވީ މިއަހަރު މުބާރާތުގައި ބައިވެރިވާ ރަށްތަކުގެ ކުލަބް ޖަމިއްޔާތަލަށް ސަރަހައްދީ އެސޯސިއޭޝަންތައް ގާއިމު ކުރެވޭއިރު މެންބަރަޝިޕް ލިބިގެންދާނެ ކަމަށެވެ.

އަލަށް އުފައްދާއިރު މިއަހަރު ބައިވެރިވާ ކުލަބުތަކާއި ރަށްތަކަށް ވަރަށް ބައްލަވާނެ ކަމަށާއި މުބާރާތުގައި ބައިވެރިވި ރަށްތަކުގެ ރީޖަނަލް އެސޯސިއޭޝަން އުފެދިގެން ދާނެ ކަމަށް ޠާރިޤު ވިދާޅުވިއެވެ.

ޠާރިޤު ވިދާޅުވީ މި ވާދަވެރިކަން އުފެދިގެން އަންނަނީ އެފްއޭމްގެ އިންތުހާބުގައި ވޯޓުލުމުގެ ހައްގު ހޯދައިދިނުމަށް ކަމަށެވެ.

ޠާރިޤު ވިދާޅުވީ ސަރަހައްދީ އިދާރާތަކެއް އުފެއްދި ނަމަވެސް އެސަރަހައްދުތަކުގައި ފުރަތަމަ މުބާރާތްތައް ހިންގަން އުނދަގޫތަކެއް ހުރެދާނެ ކަމަށާއި އެހެންނަމަވެސް ސަރަހައްދީ މުބާރާތްތައް ކުރިއަށް ގެންދަން އެފްއޭއެމް އިން އެހީތެރިވާނެ ކަމަށެވެ.

“ރީޖަނަލް އެސޯސިއޭޝަން ކްރިއޭޓް ކުރަން ވެގެން އަސާސީ ގަވާއިދެއް އުފައްދާ އޭގެ އެކްސްކޯއެއް އިންތިހާބު ކުރާ ހިސާބުން ފުރުސަތު ލިބޭނީ މިއަހަރު ބައިވެރިވާ ޓީމުތަކަށް.” ތާރިގް

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ވިމެންސް ކާވާ ކަޕްގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފި

TTH_advertisement