ކުއްލި ޚަބަރު

އަގުހުރި އިނާމުތައް ހޯދުމުގެ ރަނުގެ ފުރުސަތާއެކު އެސްޓީއޯ މެގާ ސޭލް ޕްރޮމޯޝަން ފަށައިފި

ހަތަރު ރަށެއްގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ގާއިމްކުރަން ހަވާލުކޮށްފި

ކޮފްސީ ސިރަޕް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

އަގުހުރި އިނާމުތައް ހޯދުމުގެ ރަނުގެ ފުރުސަތާއެކު އެސްޓީއޯ މެގާ ސޭލް ޕްރޮމޯޝަން ފަށައިފި

112

އަގުހުރި އިނާމުތައް ހޯދުމުގެ ރަނުގެ ފުރުސަތާއެކު އެސްޓީއޯ ”މެގާ ސޭލް ޕްރޮމޯޝަން“ މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދަނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯ މެގާ ސޭލް ޕްެރޮމޯޝަން ކުރިއަށްދާ ގޮތް:

އެސްޓީއޯގެ މެގަ ޕްރޮމޯޝަންގެ ދަށުން ތަފާތު 2 ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސުން 500 ރުފިޔާ އަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމަށް ކޫޕަނެއް ލިބިގެންދާނެއެވެ. ލަކީ ޑްރޯގެ ގުރުއަތުން 3 ނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ނަސީބުވެރި ފަރާތްތްކަށް އަގުހުރި ގިނަ އިނާމު ތަކެއް ވެސް ލިބިގެންދާނެއެވެ. އެގޮތުން އިނާމުތަކުގެ ތެރޭގައި:

1 ވަނަ އަށް ހޮވޭ ފަރާތަކަށް – ފިލިޕްސް 50 އިންޗިގެ ޓީވީ އަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑް ގެ އައިސްއަލަމާރިއެއް ލިބިގެންދާނެ

2 ވަނަ އަށް ހޮވޭ ފަރާތަކަށް – ހިޓާޗީ ވޯޓަރ ޑިސްޕެންސަރ، ދޮންނަ މެށިން އަދި ހިޓާޗީގެ ފަންކާއެއް ލިބިގެންދާނެ

3 ވަނައަށް ހޮވޭ ފަރާތަކަށް – ހިޓާޗީ ޑިޝް ވޮޝަރ އަދި ރައިސް ކުކަރެއް ލިބިގެންދާނެ

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައިވެސް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. އެ ގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖް ތަކަށް ފޮލޯ ކުރުމަށް ފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑް ކުރާ ޕޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާ ކުރައްވައިގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕަރއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމައެއާއިއެކު މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ބައްލަވައިގަނެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގްstopeopleschoice# ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ MegaSalePC#

ހޭޝްޓެގް   އިއެކު ޕްރޯޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮއްލައިގެން ވަރަށް އަގުހުރި ފިލިޕްސް އެއަރ ފަރަޔަރ އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓް ތަކަކުން %35 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 08 20 at 06.25.08

ހަތަރު ރަށެއްގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ގާއިމްކުރަން ހަވާލުކޮށްފި

112

ކޮފްސީ ސިރަޕް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

112

މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ރެނދުލައި، ތަޅައިލަން ޖެހޭ، ގިނަ އިމާރާތްތައް އެބަހުރި: މޭޔަރު އާޒިމް

535530294 1279885537257924 43437 1024x691

ސްޓެލްކޯއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ELL Mobile Advertisement TTH_advertisement