ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލައިފި

Big
TTH_Ads
STO_Ads
Advertisement

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މިއީ ދިވެހި ސަރުކާރާއި ވަރލްޑް ބޭންކް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ދަށުން ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ.

ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް (ޓްރާންސްފޯމް) ޕްރޮޖެކްޓްގެ ދަށުން، ދިވެހި ސަރުކާރާއި ވަރލްޑް ބޭންކް ގުޅިގެން ހިންގާ މި ޕްރޮގްރާމުގައި މެރިކަލްޗަރ އަދި މެރިން ސައިންސް ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރުމަށް 7 ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ މާސްޓާސް ޑިގްރީ ހާސިލުކުރުމަށް 4 ފުރުސަތާއި ބެޗްލާސް ޑިގްރީ ހާސިލުކުރުމަށް 3 ފުރުސަތެވެ.

ސްކޮލާޝިޕް ފުރުސަތުތައް ހުޅުވާލާފައިވާ ކޯހުގެ ދާއިރާތައް
* މާސްޓާސް ޑިގްރީ – ސަސްޓައިނަބްލް އެކުއަކަލްޗަރ / އެކުއަކަލްޗަރ ނިއުޓްރިޝަން /
* އެކުއަކަލްޗަރ އިންޖިނިއަރިންގ / އެކުއަރޓިކް ހެލްތު / ޕެތޮލޮޖީ
* ބެޗްލާސް ޑިގްރީ – މައިކްރޯބަޔޮލޮޖީ / އެގްރިކަލްޗަރަލް ސައިންސް / އެގްރިކަލްޗަރ

HajjCop_ads
MMA_Ads
Advertisement

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލަރޝިޕްތައް ފުރިހަމަކުރެވޭނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކާއި، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން (އެސްޑަބްލިއުއައިއޯއެފްސީ) ގެ މެމްބަރު ގައުމުތަކާއި، އޯއީސީޑީ ގައުމުތަކުގައިކަމަށެވެ. އަދި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީގެ އިތުރުން ދިރިއުޅުމުގެ ޚަރަދާއި އެހެނިހެން އެލަވަންސްތައްވެސް ލިބޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ކޯސްތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، ހުށަހެޅުއްވުމަށް އެވުޒާރާއިން ވަނީ އެދިފައެވެ.

މަސްވެރިކަން ފަދަ މުހިންމު ސިނާއަތެއްގައި ތަޖުރިބާކާރު ފަންނީ މީހުން އުފެއްދުމަށް މިފަދަ ފުރުސަތުތަކަކީ މުހިންމުކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ޚާއްސަގޮތެއްގައި ރާއްޖޭގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ އާމްދަނީގެ މިންވަރަށް ބަލާއިރު، މި ދާއިރާގައި ތައުލީމީ ފެންވަރު މަތިކުރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މެރިއަޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 3 ވަނަ ބުރުން 40 ކުދިން ދަސްވެނިވެއްޖެ

university

“ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމް” ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފި

darivarun

ސަރުކާރުގެ ސްކޫލުތަކުގައި އޭލެވެލަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

darivarun

އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި