ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީ ޓޮޕް ހޮސްޕިޓަލުން މޯލްޑިވްސް ހާފް މެރަތަނުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެއްޖެ

Web banner slide news (1)
TTH_Ads
STO_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބޭއްވި ހިތާނީ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ މަހުގެ 20 އިން މިމަހުގެ 9 ގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ކޭމްޕްގައި 120 ކުދިންނަށް ހިދުމަތް ފޯރުކޮށްދިނެވެ. އެ ކޭމްޕަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ހިތަނީ ކޭމްޕްތަކުގެ ތެރެއިން އެއް ކޭމްޕެވެ.

އާސަންދައިގެ ދަށުން ދެވުނު އެ ހިދުމަތުގެ ޕެކޭޖުގެ އަގަކީ 5،500 ރުފިޔާއެވެ. އޭގެ ތެރޭގައި ސާޖަރީ، ބޭސް، ޓެސްޓުތައް އަދި ފޮލޯއަޕް ބައްދަލުވުންތައް ހިމެނެއެވެ.

HajjCop_ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކުޑަކުދިންނަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ކޭމްޕްގައި ބައިވެރިވި ހުރިހާ ކުދިންނަށް ހަނދާނީ ހަދިޔާ ދީފައިވާ ކަމަށާއި އޭގެ އިތުރުން، ބޭނުންވާ ފަރާތްތަކަށް އިތުރު ފީއަކާއެކު ރޫމް އަޕްގްރޭޑް ކުރުމުގެ ފުރުސަތުވެސް ދީފައިވާ ކަމަށެވެ.

“ކުދިންނަށް ވީހާވެސް ފަސޭހަ އަދި ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދިނިން،” ހޮސްޕިޓަލުގެ ޕޭޝަންޓް ކެއާ މެނޭޖަރު ވިދާޅުވިއެވެ.

ކޭމްޕްގައި ބައިވެރިވި ގިނަ ބެލެނިވެރިން ހިދުމަތުގެ ފެންވަރާ މެދު ހިތްހަމަޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.

“ވަރަށް ރަނގަޅު ހިދުމަތެއް ލިބުނު. ޑޮކްޓަރުންނާއި ނަރުހުން ވަރަށް ގާތުން އަޅާލައި ބެލެހެއްޓި،” ކޭމްޕްގައި ބައިވެރިވި ކުއްޖެއްގެ މަންމަ ބުންޏެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ހިތަނީ ކޭމްޕެއް ބޭއްވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ރާވައިފައެވެ. އެ ކޭމްޕްގެ ތާރީހުތައް އިއުލާނު ކުރެވޭނެ ކަމަށާއި ކުރިއަށްއޮތް ކޭމްޕްގައިވެސް މިފަހަރުގެ ކޭމްޕެކޭ އެއްފަދައިން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ވެކްސިންގެ މުހިންމުކަމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ޚާއްސަ ސީއެމްއީ ސެޝަނެއް ބާއްވައިފި

988

ޑރ. ޕަންކަޖް: ހޯމޯންއާއި މެޓަބޮލިކް އާއި ހަކުރުގެ ބަލިތަކަށް ފަރުވާދިނުމުގައި ތަޖުރިބާކާރު ޑޮކްޓަރެއް

tree top

ޓްރީޓޮޕްގެ ހެލްތު ކޭމްޕެއް މިމަހު 10 އަދި 11ގައި ށ. ފުނަދޫގައި

tree top

ރޯދަ މަހު ޓްރީ ޓޮޕުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފި