ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފި

414215 9237509c 2
STO_Ads
TTH_Ads
Advertisement

މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި ކަން ހާމަކުރެއްވީ، އއ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދޯނި އެހެލާ ސަރަޙައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްޤީ ކުރުމަށް މިއަދު ސޮއިކުރެއްވި މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މި ޕިކްނިކް އައިލެންޑް ތަރައްޤީކުރައްވާނީ، މާފަރު ފަޅުގައިކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމަށް ބަރޯސާވާ ރަށެއްކަމުގައިވާ ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަޞީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނޭކަމަށެވެ.

HajjCop_ads
Advertisement

މި ދަތުރުފުޅުގައި ފެރިދޫގައި ވަނީ މި ނޫންވެސް އިތުރު ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެއީ ފެރިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، އއ އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި ޢުމްރާނީ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމެވެ.

އަތޮޅު މަދަރުސާގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްކޫލަށް ބޭނުންވާ ބިނާރާއި އިންސާނީ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް، ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، އެ ކަންކަން ޙައްލުކޮށްދެއްވާނޭ ކަމަށެވެ. އެ ގޮތުން ސްކޫލަށް ބޭނުންވާ ބިނާރު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

ފެރިދޫއަކީ އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަމަށް ވުމާއެކު، ސިއްޙީ މަރުކަޒުގެ ބިނާރާއި އިންސާނީ ވަސީލަތްތައް ހަރުދަނާކުރެއްވުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށާއި، ނެރުގެ މައްސަލައަށްވެސް މި އަހަރު ޙައްލެއް ހޯއްދަވައިދެއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑު ނިންމުމާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރަށުގައި އަޅާ މިސްކިތުގެ މަސައްކަތް މިހާރު އޮތީ، ބިން ކަނޑައެޅުމާ ހިސާބުގައިކަން ފާހަގަކުރައްވައި، އެ ކަމުގައި އުފެދިފައިވާ ޚިލާފު ނައްތާލުމުގެ ގޮތުން ރައްޔިތުންގެ ވޯޓެއް އަލުން ނެގުމަށްފަހު، ބިން ކަނޑައެޅުނުހާ އަވަހަކަށް، މިސްކިތުގެ މަސައްކަތް ފެށޭނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ޤުރުއާނާބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފުރިހަމަވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ މަރުކަޒު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފެރިދޫގައި ފައްޓަވާފައިވީނަމަވެސް، އެ އިމާރާތް އެޅެންދެންވެސް ރަށުގެ އަމަން އަމާންކަން ބެލެހެއްޓުމަށްޓަކައި ރަށުގައި ޤާއިމުވެ ތިބޭނޭ ތިން ފުލުހުން، މި ހަފުތާގެ ތެރޭގައި ފެރިދޫއަށް ފޮނުއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ އެ ރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތްވެސް އިފްތިތާޙުކޮށްދެއްވާފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުން ގާތަށް ކުރައްވާ ޒިޔާރަތްތަކުގެ މަޤްޞަދަކީ ރައްޔިތުން އެދޭ ކަންކަން ރައްޔިތުން އެދޭ ގޮތަށް ކޮށްދެވޭކަން ޔަޤީންކުރެއްވުން ކަމަށެވެ. އަދި، އަހުމިއްޔަތުކަން ދެއްވަނީ، ވަޢުދުތައް ފުއްދެވުމަށާއި، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރެއްވުމަށްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

އިގުތިސާދީ ދަތިތަކާއެކުވެސް މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

468552 1299680d b

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ގަސް އިންދުމުގެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގެންފި

468486 b1164f56 c

ރައީސް، ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

43

އއ. އުކުޅަހުގެ އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި