ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނާއި ނަރުދަމާ ގާއިމުކުރުން ލާޒިމުކުރާ ބިލު ތަސްދީގުކުރައްވައިފި

Muizzoo
TTH_Ads
STO_Ads
Advertisement

ހުރިހާ ރަށެއްގަައި ފެނާއި ނަރުދަމާ ގާއިމުކޮށް 2027 ވަނަ އަހަރުގެ ނިޔަލަށް ނިންމުން ލާޒިމުކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި މަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލަކީ ފެނާއި ނަރުދަމާގެ ގާނޫނު އިސްލާހުކޮށް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކޮށް ހިންގޭނެ އިންތިޒާމު ހަމަޖެއްސުން ލާޒިމުކުރުމަށް ސަރުކާރުން ހުށަހެޅި ބިލެކެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގެ 8 ވަނަ މާއްދާގެ (ނ) ގައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2027 ވަނަ އަހަރުގެ ނިޔަލަށް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށް ނިންމަން ޖެހޭ ކަމަށް ހިމަނައިފައެވެ. މީގެ އިތުރުން މި ގާނޫނުގެ އަށްވަނަ މާއްދާގެ (ފ) އަދި ބިލުގެ (ޏ) އުނިކުރަން ބިލްގައި ވަނީ ހިމަނައިފައެވެ. މީގެ އިތުރުން އެ ގާނޫނުގެ 15 ވަނަ މާއްދާ އުނިކުރަން ވެސް ވަނީ ހިމަނައިފަ އެވެ.

HajjCop_ads
Advertisement

އާއްމު ބޭނުންތަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފެން ތަހުލީލުކުރާ ލެބޯޓްރީތައް ގާއިމްކޮށް، ފެނުގެ ރައްކާތެރިކަން ބަލައި ތަހުލީލު ކުރުމުގެ ޚިދުމަތް ދިނުމަށްޓަކައި ގާއިމްކުރަން ޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި ވިޔަފާރި އާއި އާއްމު ބޭނުންތަކަށް އުފައްދާ ފެނުގައި ހުންނަން ޖެހޭ މިންގަނޑުތައް ކަނޑައެޅުން ވެސް ބިލުގައި ހިމަނާފައިވެ އެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ބަލަހައްޓާ އިދާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވިލަރެސްކުރުމާއި އެ އިދާރާގެ ޕްލޭންތަކާއި ސްޓްރެޓަޖީތައް މިނިސްޓްރީން މޮނިޓާކުރަން ޖޭހޭ ގޮތަށް ވަނީ ހިމަނައިފައެވެ.

ދިވެހި ރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ނިޒާމު ގާއިމުކުރުމުގެ ހުއްދަ ދޭން ވާނީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަމްބަރު 4/93 )ގެ ދަށުން ހަދާފައިވާ ގައިވާއިދުގައިވާ ގޮތުގެ މަތިން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި، އެ ރިޕޯޓު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ފާސްކުރުމަށްފަހު ކަމަށް ވެސް ބިލްގައިވަނީ ބުނެފައެވެ.

ގާނޫނުގެ 54 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއް ހިންގައިފި ފަރާތެއްގެ އަދަބަކީ އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި ބިމުގެ ފެން ފަށަލަ ތަޣައްޔަރުވާ ފަދަ އަމަލެއް ކޮށްފި ނަމަ އެ ފަރާތެއްގެ އަދަބަކީ އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ބިލު މަޖިލީހަށް ބަލައިގެންފި

majilis

މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު ދަންމައިލަނީ

788

ބޭރު ފައިސާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް