ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެންދޫ ދާއިރާގެ މެންބަރު ރަސްމާލެއަށް ދިރިއުޅުން ބަދަލުކުރަން ނިންމައިފި

112
STO_Ads
TTH_Ads
Advertisement

ޒަމާނީ ވަސީލަތްތަކާއެކު މި ސަރުކާރުން ފުށިދިއްގަރު ފަޅުގައި ރަސްމާލެގެ ނަމުގައި ސިޓީ ތަރައްގީކޮށް ނިމުމުން އެތަނަށް ދިރިއުޅުން ބަދަލުކުރަން ނިންމާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހާމަކުރައްވައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެތަނަށް ވަޑައިގެންފަ އެވެ.

ރަސްމާލޭގައި ހުންނަވައި މީޑިއާއަށް މައުލޫމާތު ދެއްވަމުން މައުރޫފް ވިދާޅުވީ ރަސްމާލެ އަކީ ޒަމާނީ ތަރައްގީއާ އެކު، ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ މަތީގައި މިހާރުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެތަނުގެ މަސައްކަތް ލަސްވާތީ އޭނާ ކަންބޮޑުވުންފާޅުކުރެއްވިއެވެ.

HajjCop_ads
Advertisement

“އަޅުގަނޑު ވެސް ﷲ އިރާދަކުރެއްވިއްޔާ ދިރިއުޅެން އަންނާނީ މިތަނަށް. މިތަން ނިމުނުހާ އަވަހަކަށް،” މެމްބަރު މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ރަސްމާލެ ސައިޓްގައި ތިބި މަސައްކަތް ކުރާ ކުންފުނީގެ ބައެއް ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަސްމާލެ މަޝްރޫޢުގެ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިން ހިއްކައިފި

މައުރޫފް ޒާކިރާއި އިތުރު ބަޔަކަށް ދައުވާކުރަން އެދިއްޖެ

ރަސްމާލެ ފުރަތަމަ ސައިޓުގެ މަސައްކަތް ނިމުމަކާ ގާތަށް

ރަސްމާލެ: 71 ހެކްޓަރު ހިއްކަައި ނިމިއްޖެ