ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

100 މީޓަރުން ރަން މެޑަލް ސާއިދު އާއި އަހުނާއަށް

Main 20250817 073005
STO_Ads
TTH_Ads
Maldivian_Ads
Advertisement

މާލޭ އެކުވެނި ދުވާ ޓްރެކުގައި ކުރިއަށްދިޔަ 34 ވަނަ ޤައުމީ އެތުލެޓިކްސް މުބާރާތުގައި 100 މީޓަރުގެ ގޯލްޑް މެޑަލް ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ސާއިދު އާއި ހދ. ކުޅުދުއްފުށި ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރު ކާމިޔާބުކޮށްފިއެވެ.

ފިރިހެނުންގެ 100 މީޓަރު ދުވުން ސާއިދު ކާމިޔާބުކުރީ 10.92 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރޭހުން ދެވަނަ ހޯދީ 11.25 ސިކުންތުން ރޭސް ނިންމައިގެން ރައުހަތު ސްޕޯޓްސްގެ އަހުނަފް ރައްޔާން ފަހުމީއެވެ. އަދި މި ހީޓުގެ ތިންވަނަ ހޯދީ 11.46 ސިކުންތުން ރޭސް ނިންމި ޓްރެކް އެންޑް ފީލްޑްގެ އަތޫފް މުޙައްމަދު އާތިފްއެވެ.

މިދިޔަ އަހަރުގެ ޤާއުމީ މުބާރާތުގެ 100 މީޓަރު ދުވުން ކާމިޔާބުކުރީ ހަސަން ސާއިދު ބަލިކޮށް، އިބާދުﷲ އާދަމްއެވެ. އެއީ 2013 ވަނަ އަހަރުގެ ފަހުން، ޤައުމީ މުބާރާތުގެ 100 މީޓަރުގެ ރޭސް ސާއިދު ނޫން ދުވުންތެރިއަކު ހޯދި ފުރަތަމަ ފަހަރެވެ. އެ ފަހަރު އިބާދުﷲ ކުރިހޯދީ، 10.59 ސިކުންތުން ރޭސް ނިންމައިގެންނެވެ.

HajjCop_ads
Advertisement

އަންހެނުންގެ 100 މީޓަރު ދުވުން ކާމިޔާބުކުރި އަހުނާ ރޭސް ނިންމީ 12.45 ސިކުންތުންނެވެ. މި ހީޓުން ދެވަނަ ހޯދީ 12.50 ސިކުންތުން ރޭސް ނިންމި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ޒިވާ މުސާ ޝަފީއުއެވެ. ތިންވަނަ ހޯދީ އެކުލަބުގެ އައިޝަތު ޝަބާ ސަލީމްއެވެ. އޭނާ ރޭސް ނިންމާފަވަނީ 12.59 ސިކުންތުންނެވެ.

ގޯލްޑް މެޑަލް ހޯދި އަހުނާ ވަނީ ހދ. އަތޮޅުގެ ސުކޫލުތަކުގެ މެދުގައި ބޭއްވި އިންޓަރ ސުކޫލު އެތުލެޓިކްސް މީޓްގެ އެންމެ މޮޅު އެތުލީޓުގެ މަޤާމު ވެސް ހޯދާފައެވެ.

34 ވަނަ ގައުމީ އެތުލެޓިކިސް މުބާރާތުގެ އަންހެން އަދި ފިރެހެން ޗެމްޕިއަންކަން ހޯދާފަވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުންނެވެ. މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އައިޝަތު ސައިމް އަޒީޒްއެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކީ ދިވެހި ސިފައިންގެ ކުލަބު ހަސަން ޝަންމޫންއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖެއާއި ކްރޮއޭޝިއާއިން ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި

moosun

ހަފުތާ ބަންދުގައި އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް

43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ފުރަތަމަ ފަހަރަށް ރާއްޖެވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރަަައްވައިފި