ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ ތަށި ވެސް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށް

Main 20250817 081432

މި މަހުގެ 14އިން 16އަށް މާލޭ އެކުވެނި ދުވާ ޓްރެކުގައި ކުރިއަށްދިޔަ 34 ވަނަ ޤައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެން ކެޓަގަރީ އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދައިފިއެވެ.

އާންމުކޮށް ފިރިހެނުންގެ ބައިން އެއްވަނަ ހޯދަމުން އައިސްފައިވާ ދިވެހި ސިފައިންގެ ކްލަބަށް އެ މަޤާމު ގެއްލުނީ 11 ޕޮއިންޓުގެ ފަރަގަކުންނެވެ. މި މުބާރާތުގައި ސިފައިންގެ ކްލަބަށް ލިބުނީ ދެވަނައެވެ. މި ބައިން ތިންވަނަ ޓީމަކީ ހދ. ކުޅުދުއްފުށީގެ ޝަރީފް ސްޕޯޓްސްއެވެ.

ފަހުގެ ތާރީޙެއްގައި މި ތަށި ސިފައިންނަށް ގެއްލިފައި ވަނީ 2023 ވަނަ އަހަރާއި މި އަހަރުގެ މުބާރާތުގައެވެ. 2023 ވަނަ އަހަރުގެ ތަށި ކާމިޔާބުކުރީ ސާއިދު ސްޕޯޓްސްއެވެ. އެ ފަހަރުގެ ތަށި ސިފައިންނަށް ގެއްލުނީ ޖެހިޖެހިގެން 18 އަހަރު އެ ތަށި ކާމިޔާބުކުރުމަށްފަހުއެވެ.

އެގޮތުން ސިފައިންގެ ކްލަބުން ވަނީ 2005، 2006، 2007، 2008، 2010، 2011، 2012، 2013، 2014، 2015، 2016، 2017، 2018، 2019، 2021 އަދި 2022 ވަނަ އަހަރުގެ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން ޓީމުގެ މަޤާމު ހޯދައިފައެވެ.

މި އަހަރުގެ މުބާރާތުގެ އަންހެނުންގެ ބައިގެ އެއްވަނަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދިއިރު، ދެވަނަ ލިބުނީ މި ފަހަރުގެ މުބާރާތުގައި ތަފާތު ދެއްކި ކަސްޓަމްސް ރެކްރިއޭޝަން ކުލަބަށެވެ. އަދި ތިންވަނަ ހޯދާފައި ވަނީ ސާއިދު ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އައިޝަތު ސައިމް އަޒީޒްއެވެ. އަދި އެންމެ މޮޅު ފިރިހެން އެތުލީޓަކީ ދިވެހި ސިފައިންގެ ކުލަބުގެ ޙަސަން ޝަންމޫންއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހެލިކޮޕްޓަރު ޚިދުމަތުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ލަންކާގެ 9 ހޮސްޕިޓަލަކުން މިހާރު އާސަންދައިގެ ޚިދުމަތް ލިބޭނެ

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

457285 dee4c33b c

ޗައިނާ ކުންފުނީގެ ސައިޓަށް ވަޑައިގެން އެފޯޑަބަލް ހައުސިން މަޝްރޫއު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި