ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް ސްޓޫޑެންޓް ކާޑަށް އެދިގެން 1000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

Whatsapp image 2025 08 14 at 05.02.42
TTH_Ads
STO_Ads
Advertisement

ގައުމީ ބޭންކް، ބީއެމްއެލްގެ ސްޓޫޑެންޓް ކާޑަށް އެދި ހުށަހަޅައިގެން ޖުމްލަ އެއް ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ބީއެމްއެލުން ބުނީ، މިއަދުން ފެށިގެން ދޮޅު މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، ސްޓޫޑެންޓް ކާޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން 100 ނަސީބުވެރިއަކަށް 1،000 ރުފިޔާ ލިބޭނެ ކަމަށެވެ.

އެ ބޭންކުން ބުނީ، ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ބޭނުމުގައި ފަރުމާކޮށްފައިވާ މި ކާޑު، ހަތް އަހަރުން މަތީގެ ދަރިވަރުންނަށް ލިބޭނެ ކަމަށެވެ. އަދި ދަރިވަރުންގެ ބެލެނިވެރިންނަށް މި ކާޑާ ގުޅިފައިވާ އެކައުންޓަށް ފައިސާ ފޮނުވައި، ފައިސާ ބޭނުންކުރާ ގޮތް ބެލޭނެ ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

ވިސާ ޑެބިޓުގެ ގޮތުގައި ދޫކުރާ މި ކާޑަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، މި ކާޑު ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭނުންކުރެވޭނެ ކަމަށް، ބީއެމްއެލުން ބުންޏެވެ.

އަދި ދަރިވަރުން އަހަރެއްގެ ތެރޭ ކާޑުން ކުރާ މުއާމަލާތްތަކުގެ 0.5 ޕަސެންޓު އެ ކުދިންގެ ސޭވިން އެކައުންޓުތަކަށް ޖަމާކޮށްދޭނެ ކަމަށާއި، އެ ކާޑުން ބީއެމްއެލްގެ ޕީއޯއެސް މެޝިންތައް މެދުވެރިކޮށް ފައިސާ ދެއްކުމުން އެކި ފިހާރަތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނުން ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް ބޭންކުން މީގެ ކުރިން ބުނެފައިވެއެވެ.

ބީއެމްއެމްއެލް މޮބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެއެވެ.

ބީއެމްއެލުން މި ކާޑު ތައާރަފްކުރީ މިދިޔަ މޭ މަހުގެ 10 ވަނަ ދުވަހު ކުޑަކުދިންގެ ދުވަހާ ގުޅުވައިގެންނެވެ. މި ކާޑު ދޫކުރަނީ އުމުރުން ހަތް އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި ބިއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ގާއިމުކޮށްފި

bml

ޑޮލަރު ކާޑުން ވިޔަފާރިކޮށްގެން ހަފުތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް

bml

ކްރެޑިޓް ކާޑުތަކުން އިތުރު ޗާޖެއް ނުނަގަން: ބީއެމްއެލް

bml

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އާދީއްތަ ދުވަހަށް ހަމަވަނީ