ކުއްލި ޚަބަރު

އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކުރަނީ 

ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ވިސާ ނެގުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިފި

ސަރުކާރުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފި

އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކުރަނީ 

Gykqnz9xmaak9ky

ބ. ފުޅަދޫއާ ކައިރީގައި އޮންނަ އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުޅަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގައި އިންނަފުށި ރަނގަޅަށް ނުބެލެހެއްޓޭތީ، އެ މައްސަލައަށް ހައްލެއް ގެނެސް، އެ ރަށް ރަނގަޅަށް ބަލެހެއްޓި، އަދި އެ ރަށުން އެކަށީގެންވާ އާމްދަނީއެއް ފުޅަދުއަށް ލިބޭނެ ގޮތަށް އޭގެން ފައިދާވާނެ ގޮތަށް ލިބޭނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ ފުޅަދޫގެ ރައްޔިތުންގެ ބޮޑު އެދުމެއް ކަމަށެވެ.

އެހެންކަމުން ރަނގަޅު މެނޭޖްމަންޓު ޕްލޭނެއް ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާ ދޭތެރޭގައި ހެދި، އެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ރަނގަޅު މެނޭޖްމަންޓު ޕްލޭނަކާ އެކީގައި އިންނަފުށި، ފުޅަދޫ ކައުންސިލާ ސަރުކާރުން ހަވާލުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މެނޭޖްމަންޓު ޕްލޭނުގެ ތަފްސީލުތަކުގެ ތެރޭގައި އިންނަފުށި ބަލަހައްޓާނެ ގޮތާއި، އާމްދަނީ ލިބޭނެ ގޮތާއި، ކައުންސިލަށް އޭގެން އާމްދަނީ ލިބޭނެ މިންވަރާއި، އިންސައްތަ އާއި އޭގެ ތެރެއިން ދައުލަތުގެ މާލިއްޔާއަށް އޭގެން ޖަމާކުރަން ޖެހޭނީ ކިހާ އިންސައްތައެއްކަން ތަފްސީލުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ވިސާ ނެގުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިފި

B 202508120539271755002367.1003

ފެހެންދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅައިފި 

Dsc 5522

ފެހެންދުއަށް ޓީޗަރުން ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި 

112

ސަރުކާރުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފި

TTH_advertisement ELL Mobile Advertisement