ކުއްލި ޚަބަރު

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ތުޅާަދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ އަަމަލީ މަސައްކަަތް ފައްޓަަވައިދެއްވައިފި

ބ.ތުޅާދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ފައްޓަވައިދެއްވައިފިއެވެ.

ތުޅާދޫގައި އެއާޕޯޓު ތަރައްގީކުރުމާއި، އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ބިން ހިއްކުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާއާއި އެމްޓީސީސީގެ މެދުގައި އެއްބަސްވުމުގައި ސޮއިކުރެވުނީ އިއްޔެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ތުޅާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

އެ ރަސްމިއްޔާތަށްފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަައި ތުޅާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ޑރ.މުއްތަލިބު ފައްޓަވާދެއްވާފައިވާއިރު މި މަސައްކަތް ހަވާލުކުރީ 660 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 570,260,350.80 (ފަސްސަތޭކަ ހަަތްދިހަ މިލިއަން ދެލައްކަ ފަސްދޮޅަސްހާސް ތިންސަތޭކަ ފަންސާސް) ރުފިޔާއަށެވެ.

މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓަކާއި ސިނާއީ ސަރަހައްދަކުންވިޔަސް އެންމެ ގިނަވެގެން ބައިގަޑިއިރު ތެރޭ ދަތުރުކުރެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކޮށް ރާއްޖޭގެ ދާހިލީ އުދުހުންތަކަށް ބޭނުންކުރާ އެއާޕޯޓުތަކުގެ ވިއުގަ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރެގެ ތެރެއިން ތަރައްގީކުރާ އެއާޕޯޓެކެވެ.

ކުރީ ސަރުކާރުގައި ތުޅާދޫ އެއާޕޯޓުގެ މަސައްކަތް ފެށުމަށް ކޮންޓްރެކްޓެއްގައި ސޮއިކުރި ނަމަވެސް ދައުރު ނިމިގެންދިޔައީ އެ މަސައްކަަތް ނުފެށިއެވެ. އެ އެއާަޕޯޓު ތަރައްގީކުރައްވައި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

ބ. ތުޅާދޫގައި ޤާއިމުކުރެވިގެންދާނެ އެއަރޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއެކު ކޯޑް 3C އަށް ޤާއިމުކުރެވޭ އެއަރޕޯޓެކެވެ. އަދި މިއަދު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން އެއަރޕޯޓު ޤާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހިގެން ދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑުތަކުރުފާނު މަގު: ޝީޓްޕައިލް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

990

ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ކުރިއަށްދާގޮތް ސައުދީ ބައްލަވާލައްވައިފި

taxi

އެމްޓީސީސީއިން ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް ބާވަނީ

Image 20

ތުޅާދޫ އާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

TTH_advertisement