ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންސިސް މަސް ކާރުޚާނާ މިފްކޯއިން ގަންނަނީ

TTH_Ads
Maldivian_Ads
STO_Ads
Advertisement

ހުޅުމާލޭގައި އެންސިސް ފިޝަރީޒްއިން ހިންގަމުންއައި މަސް ކާރުޚާނާ މިފްކޯއިން ގަތުމަށް މަސައްކަތްކުރައްވާކަމަށް ސަރުކާރޔގެ މަސްކުންފުނި، މިފްކޯއިން ވިދާޅުވެއްޖެއެވެ.

ދަޅުގައި މަސް ބަންދުކުރުމަށް ޤާއިމްކޮށްފައިވާ 25 މިލިއަން ޑޮލަރު ނުވަތަ 385 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓެއްކަމަށްވާ “އެންސިސް މަސް ފެކްޓްރީ” ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ 9 ވަނަ ދުވަހުއެވެ. މިއީ ގްރޭޓަރ މާލޭ ސަރަޙައްދުގައި މިހާތަނަށް ހިންގަމުން އައި އެންމެ ބޮޑު މަސް ކާރުޚާނާއެވެ.

“އެންސިސް މަސް ފެކްޓްރީ”ގައި ދުވާލަކު 25 ޓަނުގެ މަސް ދަޅު އުފެއްދުމުގެ ޤާބިލްކަން ހުރެއެވެ. އަދި 1000 ޓަނުގެ އައިސް ޕްލާންޓަކާއި 1200 ޓަނުގެ ފިނިކުރި މަސް ރައްކާކުރުމުގެ ޤާބިލުކަންވެސް މި ކާރުޚާނާގައި ހުރެއެވެ. މީގެ އިތުރުން މަހުން އުކާލެވޭ ބައިތައް ބޭނުންކޮށްގެން ގަސްކާނާ ބަންދުކުރެވޭނެ ފިޝްމީލް ޕްލާންޓެއްވެސް އެ ކާރުޚާނާގައި ގާއިމުކޮށްފައިވެއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރެ މި ފެކްޓްރީ މިހާރު ވަނީ ބަންދުކޮށްފައެވެ.

HajjCop_ads
Advertisement

އެ ކާރުޚާނާ އަލުން ބޭނުންކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ. މިފްކޯއިން ވިދާޅުވީ ފަހުގެ މެޝިނަރީއާއި އާލަތްތަކާއެކު އިންވެސްޓްކުރުމަށްފަހު، ދޮޅުއަހަރަށް ހުއްޓިފައިހުރ،ި އެންސިސް ކޭނަރީގެ ޕްރޮސެސިންގް ކެޕޭސީޓީ، މިފްކޯއަށް ހޯދުމުގެ ދިރާސާތައް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު އެތަން ގަތުމައްޓަކައި އެންސިސްއާއިއެކު މަޝްވަރާ ކުރަމުން އަންނަކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ.

ދުއިސައްތައެއްހާ މުވައްޒަފުންނާއެކު ހިންގަމުން އައިި އެންސިސް މަސް ކާރުޚާނާ ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ، ކުރީ ސަރުކާރުން ކަޅުބިލަމަހުގެ ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމެވެ. މިއާއެކު އެ ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނުކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެންސިސް ފިޝަރީސް ކުންފުނި ވުޖޫދަށް އައީ 2002 ވަނަ އަހަރު ބޮޑު ކަންނެލި ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރުމުގެ ތެރެއިންނެވެ. އެއަށްފަހު އެކުންފުނިން ވަނީ 2006 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަސް ފެކްޓްރީއެއް ޤާއިމްކޮށްފައެވެ. އޭގެ ފަހުން “އެންޒީ” ގެ ނަމުގައި އަމިއްލަ މަސް ބްރޭންޑެއް ތަޢާރަފްކޮށް އެންސިސްއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް މަސް އެކްސްޕޯޓުކުރިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ތައިލެންޑުގައި ބާއްވާ “ޓޫނާ 2026” ކޮންފަރެންސް ގައި މިފްކޯއިން ބައިވެރިވެއްޖެ

FHAM

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2026 ގައި މިފްކޯއިން ބައިވެރިވެއްޖެ

WhatsApp Image 2026 09 04 at 14.10.47

ސީފުޑް އޭޝިއާ އެކްސްޕޯގައި ބައިވެރިވި މަޤްސަދު ހާސިލުވެއްޖެ: މިފްކޯ

masverin

މިދިޔަ މަހު މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކުރި