ސްކޫލް ބަންދަށްފަހު ހުޅުވުމާއި ދިމާކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން “ބެކް ޓު ސްކޫލް ޕްރޮމޯޝަން”ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި ހިމެނޭ ބައެއް ތަކެތީގެ ތެރޭގައި، ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގަރ ބްރޭންޑްގެ އުފެއްދުންތައް ހިމެނެއެވެ. ޑެވޮންޑޭލް ކިރަކީ ގިނަ ކުޑަކުދިންނަށް ކަމުދާ ކިރެކެވެ. އަދި ކުއިކްބެރީ އަދި ނަބާޓި ބްރޭންޑްގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓްތައްވެސް މި ޕްރޮމޯޝަންގައި ހިމެނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން، 100 ރުފިޔާއަށް ވުރެ ގިނައިން ވިޔަފާރިކުރައްވާ ކޮންމެ ފަރާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ކޫޕަނެއް ލިބިގެންދާނެއެވެ. ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް “ޕީކަބޫ” ފިހާރައިގެ އަގުހުރި ގިފްޓް ވައުޗަރުތައް ލިބިގެންދާނެއެވެ. 1 ވަނައަށް ހޮވޭފަރާތަކަށް 5,000 ރުފިޔާ، 2 ވަނައަށް 2,500 ރުފިޔާ އަދި 3 ވަނައަށް 1,500 ރުފިޔާގެ ވައުޗަރު ލިބޭނެއެވެ.
މީގެއިތުރުން، ސްކޫލް ކުދިންނަށް ބޭނުންވާ އިންޓަވަލް ފުޅި ފަދަ ސާމާނުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު