ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ޕީއެންސީގެ ޕީޖީ ރޫޅާނުލެވޭނެ: ފަލާހު

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް ވަޑައިގަންނަވަން އުޅޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ދެއްކެވި ވާހަކަތައް ޕީއެންސީގެ ޕީޖީ ލީޑަރުު އިބްރާޙީމް ފަލާހު ދޮގުކުރައްވައި ވަރުގަދަ ރައްދެއްވައިފި އެވެ.

އެމްޑީއޭއަށް ނިސްބަތްވާ އައްބާސް، އޭނާގެ ‘އެކްސް’ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން “ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވައި ޤައުމާއި، ރައްޔިތުންގެ ހައްޤުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެ” ކަމަށެވެ.

އައްބާސް ވިދާޅުވި ގޮތުގައި، ބުދަ ދުވަހު ބޭއްވި ޕީއެންސީ ޕީޖީގެ ބައްދަލުވުމުގައި “ސަރުކާރުން ގެންގުޅުއްވަމުން ގެންދަވާ ނުރަނގަޅު ސިޔާސަތުކަށް ބަސްނުބުނެ އަބަދު މަންމަނުވެފައި ނުތިބެވޭނެކަމަށާއި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ހައްޤުބަސް ބުނަން ނުކުންނާނެ ކަމަށް” އެ މެމްބަރުން ވިދާޅުވެފައިވެ އެވެ. ވަކިވަކި މެމްބަރުންގެ ނަން ވެސް ފާހަގަކުރައްވަމުން އައްބާސްގެ ޕޯސްޓުގައި ވަނީ އެ ބައްދަލުވުން ނިންމާލީ ބައްދަލުވުން “ހޫނުވުމުން” ކަމަށެވެ.

އެ ވާހަކަތައް ދޮގުކުރައްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު ‘އެކްސް’ ގައި އައްބާސް އަށް ރައްދުދެއްވަމުން ވިދާޅުވީ ” ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށް ހީކޮށް މިފަދަ ބުހުތާން ދޮގު ވާހަކަ ފެތުރުމަކީ ވަރަށް ބޮޑު ކުށްހީއެއް” ކަމަށެވެ.

ފަލާހު ގަބޫލުކުރައްވާ ގޮތުގައި ޕީއެންސީއާ މެދު އެފަދަ “ފިތުނަ ފަތުރައިދޭ” މަތިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އައްބާސް އަށް ތިން މިލިއަން ރުފިޔާ ލިބިވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަތަކަށް މެމްބަރުގެ އެ ޕޯސްޓުން ބާރުލިބެ އެވެ.

“ޤާނޫނު އަސާސީގެ 73 މާއްދާގެ ހ. ގައި ބުނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުން ހުންނަންޖެހޭ ކަމަށް ބުނާ އެއްމެ މުހިއްމު ޝަރުތު، ވެލިދޫ ދާއިރާގެ މެމްބަރުގެ ކިބައިގައި ހުރިކަމާމެދު މިހާރު ޝައްކުވާ ހިސާބަށް ހިނގައްޖެ. މިފަދަ ފިތުނަވެރި ނުބައި ވާހަކަތައް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއްކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށް ހީއެއް. އަދި މީގެން އަންގައިދެނީ ތިމާއަކީ އެއްވެސް އަޚުލާގެއް ނެތް ބުއްދި ގޯސް މޮޔައެއްކަން،” ފަލާހު ވިދާޅުވި އެވެ.

“ކިތައްމެ ނުބައި ޕްލޭންތަކެއް ރާވާ މިފަދަ މޮޔައިން ލައްްވާ މިފަދަ މެސެޖު ކުރުވިއަސް” ޕީއެންސީގެ ޕީޖީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅުގައި ކަމަށް ފަލާހު ވިދާޅުވި އެވެ.

އައްބާސްގެ މި ވާހަތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ދޮގުކުރެއްވި އެވެ. އެމަނިކުފާނު ވެސް އައްބާސް އެ ވިދާޅުވާ ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވަމުން ވިދާޅުވީ އެގޮތަށް “ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ” ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ޕީއެންސީން ފޯރިގަދަ ބޮޑު ޖަލްސާއެއް ބާއްވަނީ

falah

މީހަކު މަރާކަށް ނުގޮވަން، “އުލުބޭންދުން” ބޭނުންކުރީ އެހެން މާނައެއްގައި: ފަލާހު

ފަތުރާ ދޮގު ހަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ: އަބްދުއްރަހީމް

3

ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ޕީއެންސީން އަތޮޅުތެރެއަށް

TTH_advertisement