ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާރްއޭސީއެލްގެ ޑީއެމްޑީ ޝާހިދު އެމްޑަބްލިޔުއެސްސީއަށް ބަދަލުކޮށްފި

112
އާރުއޭސީއެލްގެ ކުރީގެ ޑީއެމްޑީ ޝާހިދު
TTH_Ads
STO_Ads

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝާހިދު، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް ބަދަލުކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އާރްއޭސީއެލް އުވާލައި އެ ކުންފުނީގެ ހުރިހާ އެސެޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

މީގެ ކުރިން ފެނަކައިގެ އައިޓީ ޑިޕާޓްމަންޓްގެ ހެޑުގެ މަގާމު ވެސް ފުރުއްވި ޝާހިދު އާރުއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ ޑިސެމްބަރު 31، 2023އިން ފެށިގެން އިއްޔެގެ ނިޔަލަށެވެ.

Maldivian_Ads

އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވަނީ މިދިޔަ މަހު އެ މަގާމުން އިސްތިއުފާދެއްވާފައެވެ.

އެމްޑަބްލިޔުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު ފަޒީލް ރަޝީދު ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Stelco fahumy

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަހުމީ

43

އެމްޑަބްލިއުއެސްސީގެ އެމްޑީކަމުން މަތީން އިސްތިއުފާދެއްވައިފި

އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ މަގާމުން ވަކިކޮށްފި

hiyaa flats

މުހިންމު މަސައްކަތެއް ކުރުމަށް ހިޔާގެ ބައެއް ޓަވަރުތަކުން މިރޭ ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެ