ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭސްފަރުވާއަށް ބޭރަށް ފުރާ ބަލިމީހުންނަށް މީގެފަހުން 2،000 ޑޮލަރު ވިއްކާނެ: ބީއެމްއެލް

Bml
TTH_Ads
STO_Ads
Advertisement

މިއަދުން ފެށިގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރާ ބަލިމީހުންނަށް 2،000 ޑޮލަރު ވިއްކުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

ބޭސްފަރުވާގެ ކަންކަމުގައި ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ޑޮލަރު ވިއްކާ އަދަދު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި އަންގަވާފައެވެ.

ބީއެމްއެލުން މިއަދު ބުނީ، އެންސްޕާ އަދި އާސަންދައިގެ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފުރާ ބަލިމީހުންނަށް 2،000 ޑޮލަރު ވިއްކަމުންދާނޭކަމަށެވެ. އަދި އެންސްޕާ އެހީ ލިބޭ ބަލިމީހުންނަށްވެސް 2،000 ޑޮލަރު ވިއްކާނޭކަމަށް ބިއެމްއެލުން ބުންޏެވެ.

HajjCop_ads
Advertisement

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ބަލިމީހުންނަށް ވިއްކާ ޑޮލަރުގެ އަދަދު ބީއެމްއެލުން އިތުރުކޮށްފައިވާއިރު، އެ ބޭންކުން ބުނީ އާސަންދަ އަދި އެންސްޕާގެ އެހީ ނުލިބޭ ބަލިމީހުންނަށްވެސް 1،000 ޑޮލަރު ވިއްކަމުންދާނޭކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޓޫރިޒަމް ވިޔަފާރިތަކުން ބޭންކްތަކަށް ވަކި އަދަދަކަށް ބޭރުފައިސާ މާރުކުރުން ލާޒިމްކޮށްފައިވާއިރު، ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ އެ ފިޔަވަޅުތަކުގެ ހެޔޮ ބަދަލުތައް ރައްޔިތުންނަށް ފެންނަން ފަށާނޭކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ސިނާން ވާދަނުކުރަން ނިންމެވީ އާއިލާއަށް ވަގުތުދޭން، ސިނާނާއި ސައީދު ގުޅިގެން ކެމްޕޭން ދަނީ ބާރަށް ކުރިއަށް: ފަލާހު

43

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފި

H6txovzbmjojwefnjhdb

ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށުގައި ޝަހުޒާނާއި ލީވާން ޖަލަށްލުމަށް ހުކުމް ކޮށްފި

PNC Saeed

ވާދަވެރި ސިޔާސީ ޕާޓީއެއް ނެތުމަކީ އުނިކަމެއް: ސަޢީދު