ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭސްފަރުވާއަށާއި ކިޔެވުމަށް ލަންކާއަށްދާ ދިވެހީންނަށް އަހަރު ދުވަހުގެ ވިސާ ދޭން ނިންމައިފި

90f594c9 b094 4086 b649 80aba35355e3 9
STO_Ads
TTH_Ads
Advertisement

ސްރީ ލަންކާއަށް ބޭސްފަރުވާއަށް ދާ ދިވެހީންނަށާއި، އެ ގައުމުގައި ކިޔެވުމަށާއި ވަޒީފާ އަދާކުރުމަށް އުޅޭ ދިވެހީންގެ އަނބިން ނުވަތަ ފިރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދިނުމަށް އެ ގައުމުން ނިންމައިފިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މިވަގުތު ރާއްޖޭގައި ހުންނެވި ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާއެކު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ނިންމުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ލަންކާގެ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.

ދެ ގައުމުގެ ވެރިންގެ ބައްދަލުވުމުގައި ވިޔަފާރިއާއި، ތައުލީމާއި، ދިފާއީ ދާއިރާއާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާ ގުޅުން ހުރި ކަންކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މި މަޝްވަރާތަކާއި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ދެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެގޮތުން ޖިނާއީ ކުށްތައް ހުއްޓުވުމަށް ސޮއިކުރެވުނު އެއްބަސްވުމާއި، ފޮރިން ސާވިސްގައި މަސައްކަތްކުރާ ޒުވާނުންނަށް ތަމްރީނު ދިނުމާ ގުޅޭ އެމްއޯޔޫގައި ސޮއިކުރެވުނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި 26 ގައެވެ. އެހެންކަމުން މި އަހަރަކީ ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހުއްދަނެތި ރާއްޖެއަށް ވަން ލަންކާގެ މަސްބޯޓެއް ދައުލަތަށް ނަގައި ޖޫރިމަނާކޮށްފި

8u

ސްރީލަންކާގެ ވަކީލަކު މަރާލި މައްސަލައިގެ ތުހުމަތުކުރެވޭ މީހަކު ރާއްޖޭން ލަންކާއަށް ފޮނުވާލައިފި

ސްރީލަންކަން އެއާލައިންސްގެ ބޯޓަކަށް ހޮނުއަޅައިފި

ސްރީލަންކާއާއި އެކު ކުރެވުނު މަޝްވަރާ މިއީ ކުރިމަގަށް އަމާޒުކޮށްގެން ފެށުނު އާ ބައިވެރިވުމެއް: ރައީސް