ކުއްލި ޚަބަރު

ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަކަށް ނުބެލެވޭ: މެޓް

ލަންކާއާއެކު އޮތީ އިތުބާރު ގާއިމުވެފައިވާ، އެތައް ޒަމާނެއްގެ ގުޅުމެއް: ރައީސް 

ޖިނާއީ ކުށްތައް ހުއްޓުވަން އެއްބާރުލުން ދިނުމަށް ރާއްޖެ އާއި ސްރީލަންކާއިން ސޮއިކޮށްފި

ތައިލެންޑާއި ކެމްބޯޑިއާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގައި ފަސް ދުވަސް ވަންދެން ހިނގި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.
މި ހަނގުރާމައިގައި މަދުވެގެން 33 މީހުން މަރުވެ، 10،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވެއެވެ.

“މިއީ ހާލަތު ގޯސްވެ ސުލްހަ އާއި ރައްކާތެރިކަން އަލުން ގާއިމް ކުރުމަށް އެޅި މުހިންމު ފިޔަވަޅެއް،” މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވިއެވެ.

މި އެއްބަސްވުމަށް ފުރަތަމަ ހުށަހެޅި ހުށަހެޅުމަށް ތައިލެންޑުން ވަނީ ދެކޮޅު ހަދައިފައެވެ. ނަމަވެސް ހަނގުރާމަ ނުހުއްޓެނީސް ޓެރިފްގެ މަޝްވަރާތައް ކުރިއަށް ނުދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނުމުން، އެ ގައުމުން ވަނީ މި ހުށަހެޅުމަށް އެއްބަސްވެފައެވެ.

ގަރުނުތަކެއް ވަންދެން ބޯޑަރު މައްސަލައާ ގުޅިގެން އެ ދެ ގައުމުގެ ދެމެދުގައި އުފެދުނު މައްސަލަތައް ބޮޑުވެ ހަނގުރާމައަކަށް ބަދަލުވީ މިދިޔަ މެއި މަހު ދެގައުމެއްގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި ކެމްބޯޑިއާގެ ސިފައިންގެ މީހަކު މަރުވުމުންނެވެ.

އެއްގަމު މަގުން ކެމްބޯޑިއާއަށް ދަތުރުކުރާ ރައްޔިތުންނާއި ފަތުރުވެރިންނަށް ތައިލެންޑުން ހުރަސްތަކެއް އަޅާފައިވާއިރު، ކެމްބޯޑިއާ އިން ވަނީ ތައިލެންޑުން ބައެއް ތަކެތި އެތެރެކުރުން މަނާކޮށްފައެވެ. މީގެ ތެރޭގައި މޭވާ، ކަރަންޓު އަދި އިންޓަނެޓްގެ ހިދުމަތް ހިމެނެއެވެ.

ކެމްބޯޑިއާގެ ލޯކަލް އައުޓްލެޓްތަކުން ވަނީ މެއި މަހުން ފެށިގެން އެ ގައުމަށް ނިސްބަތްވާ ލައްކައެއްހާ މަސައްކަތްތެރިން ތައިލެންޑުން އެނބުރި އައިސްފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ.

މިދިޔަ ހަފްތާގައި ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން ތައިލެންޑުން ކެމްބޯޑިއާއާ އެކު ބޯޑަރު ހުރަސްކުރާ ބައެއް ތަންތަން ބަންދުކުރިއެވެ. އަދި އެ ގައުމުން ވަނީ ކެންބޯޑިއާގެ ސަފީރު ވަކިކޮށް، ސަފީރު އަނބުރާ އެ ގައުމަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

90f594c9 b094 4086 b649 80aba35355e3 9

ބޭސްފަރުވާއަށާއި ކިޔެވުމަށް ލަންކާއަށްދާ ދިވެހީންނަށް އަހަރު ދުވަހުގެ ވިސާ ދޭން ނިންމައިފި

ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސްއަށް ދަޢުވަތު ދެއްވައިފި

ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަކަށް ނުބެލެވޭ: މެޓް

ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދަން ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

TTH_advertisement ELL Mobile Advertisement