ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ފްލައިޓާއެކު މޯލްޑިވިއަން ތާރީހުގެ ތެރެއަށް

Screenshot 2025 07 27 182341 1024x591
TTH_Ads
Maldivian_Ads
STO_Ads
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުން ހިދުމަތްދިން ފުރަތަމަ ފްލައިޓުގެ ލަގަބާއެކު މޯލްޑިވިއަންގެ ނަން ތާރީހުގައި ލިޔެލައިފި އެވެ.

އިންޑީއާގެ ކޮޗިންއިން ރާއްޖެއަށް އައި މޯލްޑިވިއަން ވައިޑް ބޮޑީ މަތިންދާ ބޯޓު ވީއައިއޭއަށް ޖައްސާފައިވަނީ މިއަދު މެންދުރު ފަހުގަ އެވެ. މި ފްލައިޓު އެއާޕޯޓަށް ޖެއްސުމުން އެއާޕޯޓުން ވަނީ އެ ފްލައިޓަށް ވޯޓާ ސެލިއުޓެއްވެސް ދީފަ އެވެ.

އެމްއޭސީއެލްއިން މީގެ ކުރިން މައުލޫމާތުދިން ގޮތުގައި ފުރަތަމަ އާ ޓާމިނަލުން ހިދުމަތް ދޭނީ މޯލްޑިވިއަންގެ ފްލައިޓުތަކަށެވެ. އަދި ހިދުމަތުގެ ފެންވަރު ކަށަވަރު ކުރަމުން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރަމުން އިތުރު އެއާލައިންތަކަށް އާ ޓާމިނަލުން ހިދުމަތް ދޭން ފަށާނެ ކަމަށް އެމްއޭސީއެލުން އޭރުވަނީ ބުނެފަ އެވެ.

HajjCop_ads
Advertisement

މޯލްޑިވިއަންގެ މި ތާރީހީ ފްލައިޓު ކޮޗިން އިން ނައްޓާލިއިރު އެ ފްލައިޓުގެ ކެބިން ކްރޫއިން ތިބީ ގައުމީ ހެދުމުގަ އެވެ. އަންހެން ކެބިން ކްރޫއިން ރަތް ކުލައިގެ ފާސް ކުރި ހެދުމުގައި ތިބި އިރު ފިރިހެން ކެބިން ކްރޫއިން ތިބީ ހުދު ގަމީހާއި މުންޑުގަ އެވެ.

އެމްއޭސީއެލްގެ އަމާޒަކީ މި އަހަރުގެ ޓޫރިސްޓް ސީޒަން ފެށުމުގެ ކުރިން ހުރިހާ އެއާލައިންތަކެއްގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރުމެވެ.

މި ޓާމިނަލްގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއިރޯ ބްރިޖްތައް ޤާއިމްކޮށްފައިވާއިރު، އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްގެ ޚިދުމަތްވެސް ލިބެން ހުންނާނެ އެވެ.

އާ ޓާމިނަލްގައި އެންމެ ފަހުގެ އޮޓޮމެޓިކް ބެގޭޖް ހޭންޑްލިން ސިސްޓަމް ޤާއިމްކޮށްފައިވާއިރު، ބެގޭޖް ހޭންޑްލިން 6 ބެލްޓް ހުންނާނެ އެވެ. މީގެއިތުރުން 47 ޗެކިން ކައުންޓަރާއި، 6 ސެލްފް ޗެކިން ސިސްޓަމް އަދި ސީޕްލޭން ދަތުރުވެރިންނަށް ޚާއްސަ 24 ޗެކިން ކައުންޓަރު ޤާއިމްކޮށްފައިވެ އެވެ. އަދި އިމިގްރޭޝަން ޚިދުމަތްތަކަށް، ފުރާ ފަސިންޖަރުންނަށް 20 ކައުންޓަރާއި، އަންނަ ފަސިންޖަރުންނަށް 28 ކައުންޓަރު ހުންނާނެ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލެއް ނުގެނޭ: އަމީން

Maldivian

މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް ދެ ބޯޓު ހޯދުމަށް އިއުލާނުކޮށްފި

މޯލްޑިވިއަންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާދަނީ ފެންނަމުން: އަމީން

ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފި