ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިޔާގެ އެލްއޯސީ އަދާކުރުމުގައި ބޮޑު ފަސޭހައެއް ހަމަޖައްސައިފި

TTH_Ads
STO_Ads

ދިވެހިރާއްޖެއަށް އިންޑިޔާއިން ދީފައިވާ ދަރަނި އަދާކުރުމުގައި ލުއިތަކެއް ހަމަޖައްސައިދިނުމަށް އެ ގައުމުން ނިންމައިފިއެވެ.

އިންޑިޔާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލައިން އޮފް ކްރެޑިޓް އަދާކުރުމުގައި ލުއިތަކެއް ދިނުމަށް އެ ގައުމުން ނިންމީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުންދާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާައެކު ކުރިއަށްގެންެދެވި ރަސްމީ މަޝްވަރާތަކަށްފަހުއެވެ.

އިންޑިޔާގެ ފޮރިން ސެކްރެޓަަރީ ވިކްރަމް މިސްރީ އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އިންޑިޔާއިން ނަގާފައިވާ ދަރަނި ދެއްކުމަށް އެ ގައުމުން ހަމަޖައްސައިދޭ ލުއީގެ ސަބަބުން، ރާއްޖެއިން ކޮންމެ އަހަރަކު ދައްކަންޖެހޭ ފައިސާގެ ނިސްބަތް 40 އިންސައްތަ ދަށްވާނެ ކަމަށެވެ.

HajjCop_ads

މި ބަދަލާއެކު އަހަރަކު 51 މިލިއަން ޑޮލަރު ދެއްކުމުގެ ބަދަލުގައި ރާއްޖެއިން ދައްކަންޖެހޭނީ 29 މިލިއަން ޑޮލަރު ކަމށްވެސް މިސްރީ ވިދާޅުވިއެވެ.

މިސްރީ ފާހަގަކުރެއްވި ގޮތުގައި އިންޑިޔާއިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖައްސައިދިން ނަމަވެސް އެ އެލްއޯސީގެ ދަށުން ބައެއް މަޝްރޫއުތައް ހިންގުނު ނަމަވެސް، އެކި ސަބަބުތަަކާހުރެ ރާއްޖެއަށް ހިންގާނެ މަޝްރޫއުތައް އެކީ ކަނޑައަޅައި ނިންމައިނުލެވުމުގެ ސަބަބުން އެ އެލްއޯސީގެ ދެބައިކުޅަ އެއްބައި ހުރީ ބޭނުންނުކުރެވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެލްއޯސީގެ ޝަރުތުތައް ހުރި ގޮތުން އެ އެލްއޯސީގެ ދަށުން ނަގާފައިވާ ފައިސާ އަނބުރާ ދައްކަން މިހާރު ފަށަންޖެހިފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަަތަށް ރިއާޔަތްކުރުމަށްފަހު، އެ އެލްއޯސީ ދެއްކުމާމެދު ހާއްސަ ގޮތަކަށް އަމަލުުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި އެ އެއްބަސްވުމަށް ގެނައި އިސްލާހަކީ އެ އެލްއޯސީ ބަންދުކޮށް ރާއްޖެއިން ދައްކަންޖެހޭ ފައިސާގެ އަދަދު މަދުކުރުމަށް ގެނައި އިސްލާހެއް ކަމުގައި މިސްރީ ވިދާޅުވިއެވެ.

އެހެންނަމަވެސް ރާއްޖޭގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތަކުގެ ގިނަކަމާއެކު، އިތުރު ލައިން އޮފް ކްރެޑިޓެއްގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށާއި، އެ ލައިން އޮފް ކްރެޑިޓުގެ ފައިސާ ގުނާނީ އިންޑިޔާ ރުޕީސްއިން ކަމަށާއި، އެއީ ރާއްޖޭގެ މާލީ ހާލަތަށް ބަލާއިރު ރާއްޖެއަށް ފަހި ގޮތެއް ކަމުގައި މިސްރީ ފާހަގަކުރެއްވިއެވެ.

އިއްޔެ އިންޑިޔާއާއި ރާއްޖެއާ ދެމެދު 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން ހަމަޖެހޭ ފައިސާ ބޭނުންކުރެވިގެންދާނީ ސަރުކާރުގެ މުހިއްމު ސިޔާސަަތުތައް ތަންފީޒުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޑިއާ މީހުން ރާއްޖެއަށް ޑްރަގް އެތެރެކުރާ މިންވަރު އިތުރުވާތީ އެޑްވައިޒަރީއެއް ނެރެފި

kulli khabaru

އިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު ދައްކާ ޚަލާސްކޮށްފި

Original

އިންޑިއާއިން ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފި

Iu

ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވާ ފަތުރުވެރިކަމުގެ ބޮޑު ހަރަކާތެއް އިންޑިއާގައި ބާއްވަނީ