ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްރާންސުން ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަކީ “މާ ބުރަދަނެއްހުރިކަމެއް ނޫން”: ޓްރަމްޕް

ފްރާންސުން ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލުކޮށް ބަލައިގަތުމަކީ “މާ ބުރަދަނެއްހުރިކަމެއް ނޫން” ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، ފްރާންސުން ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ބަލައިގަތުމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ގެންގުޅޭ ޕްލޭނަކީ ތާކުންތާކުނުޖެހޭ ޕްލޭނެއް ކަމަށެވެ.

ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކުން ވާނޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، އެކަން ކުރުމަކުން، އެއީ އެއްވެސް ބުރަދަނެއްހުރި ކަމަކަށް ނުވާނޭ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމާ ގުޅޭގޮތުން މި ވާހަކަ ދެއްކީ، މިއަހަރުގެ ސެޕްޓެމްބަރުމަހު ބާއްވާ އދގެ ޖެނެރަލް އެސެމްބްލީގެ ތެރޭގައި، ފަލަސްތީނުގެ މިނިވަން ދައުލަތް ފްރާންސުން ރަސްމީގޮތުން ބަލައިގަނެ އެކަން އިއުލާން ކުރާނޭ ކަމަށް، ފްރާންސްގެ ރައީސް ވިދާޅުވުމާ ގުޅިގެންނެވެ.

ފްރާންސްގެ ރައީސްގެ ނިންމެވުމަށް ފަލަސްތީނު ސަރުކާރުންވަނީ މަރްހަބާ ކިޔާފައެވެ.

ފަލަސްތީނު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފްރާންސްގެ ނިންމުމަކީ، ސަރަހައްދީ ސުލްހަ ހޯދުމަށް ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމަށް ފްރާންސުން ވެފައިވާ ވައުދު ފުއްދާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އދގެ ޖެނެރަލް އެސެމްބްލީގެ ތެރޭގައި، ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާކަން އިތުރު ގައުމުތަކުންވެސް އިއުލާން ކުރާނެއެވެ. އޭގެތެރޭގައި ޔޫރަޕްގެ ގައުމުތައްވެސް ހިމެނެއެވެ.

ޔޫކޭއިންވެސް ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ޕާލަމެންޓުގެ އެތައް މެމްބަރުން ޕްރެޝަރ ކުރަމުން ގެންދާއިރު، ޖަރުމަނުން ބުނެފައިވަނީ އެގައުމުން އެކަން ނުކުރާނޭ ކަމަށެވެ.

ޖަރުމަނަކީ، ޣައްޒާގައި ޖަރީމާތައް ހިންގުމަށް މިހާރުވެސް އިސްރާއީލަށް އެހީތެރިވެ ވާގިވެރިވާ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް

ތުރުކީއަށް ދިންކަމަށް ބުނާ ހަމަލާ ތަހްގީގުކުރަން ބޭނުން، ދޮގުތަކުގެ އަސަރު ގުޅުމަށް ކޮށްގެން ނުވާނެ: އީރާނުގެ ރައީސް