ކުއްލި ޚަބަރު

ޑިޕޮސިޓް ދައްކާ ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމުން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ: އެފްޑީސީ

ރާއްޖެއާއި އިންޑިއާގެ ގުޅުން އައު އުސްމިންތަކަކަށް އުފުލިގެންދާނެ: ބޮޑުވަޒީރު މޯދީ

ލަންކާގެ ރައީސް އަނުރަ ފުރަމާނަ ދަތުރުފުޅެއްގައި ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯގެ ސީނިއަރ އޮފިސަރުންގެ ޓީމަކުން ފުލުހުންނަށް ސެޝަންތަކެއް ނަގައިދީފި

ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯގެ ސީނިއަރ އޮފިސަރުންގެ ޓީމަކުން ފުލުހުންނަށް ސެޝަންތަކެއް ނަގައިދީފިއެވެ. މި ޓީމަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ އޮޕަރޭޝަންސް އަދި އިންވެސްޓިގޭޝަން ދާއިރާގެ ތަޖުރިބާހުރި ޓީމެކެވެ.

ޖުލައި 21 އިން 24 އަށް ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގެ ފައިސާއާ ގުޅުންހުރި މައްސަތައް ތަހުގީގުކުރާނެ ގޮތުގެ މުހިންމު މައުލޫމާތުތަކެއް ވެސް ހިއްސާކޮށްފައިވެއެވެ.

މި ސެޝަންތަކުގެ ތެރެއިން ކޮންޓްރޯލް ޑެލިވަރީ ސެޝަންގައި, ޑްރަގް އެންފޯސްމަންޓުގެ އޮޕަރޭޝަންސްގެ މުވައްޒަފުންގެ އިތުރުން ގޭންގު ކްރައިމް އެންފޯސްމަންޓުގެ މުވައްޒަފުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްގެ މުވައްޒަފުން ބައިވެރިވިއެވެ. ފައިނޭންޝިއަލް އިންވެސްޓިގޭޝަން ސެޝަންގައި, ޑްރަގް އެންފޯސްމަންޓުގެ އިންވެސްޓިގޭޝަން މުވައްޒަފުންނާއި އެނަލިސްޓުންގެ އިތުރުން، އިކޮނޮމިކް ކްރައިމްސް، ގޭންގު ކްރައިމް އެންފޯސްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި އެނަލިސްޓުން ބައިވެރިވިއެވެ.

މީގެ އިތުރުން، ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯގެ ސީނިއަރ އޮފިސަރުންގެ ޓީމުން، ފުލުހުންގެ ޚިދުމަތުގެ ކަމާ ގުޅުންހުރި ބަހާއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ. ޖުލައި 21ވަނަ ދުވަހު ޝަހީދު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި، ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑް ހެޑް އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްއާއި ޑްރަގް އެންފޯސްމަންޓުގެ ސީނިއަރ މެނޭޖްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްގެ ވެރިން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމުގައި، މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި ޑްރަގް އެންފޯސްމަންޓް އަދި ސެންޓްރަލް ނާކޮޓިކްސް ބިއުރޯ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި މި މަސައްކަތުގައި ދެފަރާތުން ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޝަންއާ ގުޅޭ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑިޕޮސިޓް ދައްކާ ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމުން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ: އެފްޑީސީ

ރާއްޖެއާއި އިންޑިއާގެ ގުޅުން އައު އުސްމިންތަކަކަށް އުފުލިގެންދާނެ: ބޮޑުވަޒީރު މޯދީ

މޯލްޑިވިއަން އިން ޓިކެޓު ބުކިން ހަދާއިރު އައިޑީ ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް ދެން ބޭނުމެއް ނުވާނެ

ލަންކާގެ ރައީސް އަނުރަ ފުރަމާނަ ދަތުރުފުޅެއްގައި ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

TTH_advertisement ELL Mobile Advertisement