ކުއްލި ޚަބަރު

ޒަކިއްޔާގެ އާއިލާއާ ރައީސް ބައްދަލުކުރައްވައިފި

ޝަރުތުހަމަވާ އެންމެނަށް ސްޓޫޑަންޓް ލޯނު ދިނުމަށް ރައީސް އަންގަވައިފި

ގެއްލުނު ޔާމީން ވަނީ ބްރިޖުން ފުންމާލާފައި: ފުލުހުން

ސިޓީ ޕާކްގެ މަސައްކަތް ކުރިއަށްދާގޮތް މޭޔަރު ބައްލަވާލައްވައިފި

Whatsapp image 2025 07 21 at 02.56.42

ގަލޮޅު ސިޓީ ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތް މާލޭ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ބައްލަވާލައްވައިފިއެވެ.

މި ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޭސް އެކެއްގެ މަސައްކަތް ނިމިފައި ވާއިރު، މިހާރު ކުރިއަށް ދަނީ ފޭސް 2 ގެ މަސައްކަތެކެވެ. އެ ގޮތުން، ފޭސް ދޭއްގެ މަސައްކަތްތަކުގެ ތެރެއިން ބާސްކެޓް ކޯޓާއި ބެޑްމިންޓަން ކޯޓުގެ ތަޅުން އަޅައި މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިޔަށް ދަނީ، ލޭންޑް ސްކޭޕްގެ މަސައްކަތްތަކާއި ކަރަންޓްގެ މަސައްކަތްތަކެވެ.

ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓެކްޓަރުން އަންނަނީ، މި ޕާކުގެ މަސައްކަތް އަންނަ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނިންމުމަށް، މަސައްކަތް ކުރަމުންނެވެ.

ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށް ގެންދަނީ، ގަލޮޅު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ދުވާ ޓްރެކަކާއި ބެޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަ ކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އައުޓްޑޯ ޖިމެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ގިނަ އަހަރު ތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާކު ނިމޭއިރު މި ޕާކުގައި، އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ގަލޮޅު ސިޓީ ފާރކް ތަރައްޤީ ކުރުމުގެ މަސައްކަތަކީ، މާލެ ސިޓީއަކީ އަމާން ހިތްފަސޭހަ ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދެމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

މާލެ ދާރުލްއަރްޤަމްއާއި ހުޅުމާލެ ދާރުލް ސަލާމް އިމާރަތްކޮށްދޭނެ ފަރާތެއް ހޯދަނީ

112

ޒަކިއްޔާގެ އާއިލާއާ ރައީސް ބައްދަލުކުރައްވައިފި

Dsc 3957

ޝަރުތުހަމަވާ އެންމެނަށް ސްޓޫޑަންޓް ލޯނު ދިނުމަށް ރައީސް އަންގަވައިފި

112

ގެއްލުނު ޔާމީން ވަނީ ބްރިޖުން ފުންމާލާފައި: ފުލުހުން

ELL Mobile Advertisement TTH_advertisement