ކުއްލި ޚަބަރު

ޣައްޒާގެ ހިސާރު ފޫއަޅުވާލަން އަންނަ ކަނޑުމަތީގެ ގާފިލާގައި ހިމެނޭ އެންމެ ބޮޑު ބޯޓަށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދީފި

ދޮންފަނުގެ ބިން ނުހިއްކަން ރައީސް މުއިއްޒު ނިންމަވައިފި

ރާއްޖޭގެ ކުރިއެރުމާއި އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ ޚިދުމަތްތަކެއް ޕޯސްޓުން ވަނީ ފޯރުކޮށްދީފައި: ރައީސް

އިތުރު ފުރިހަމަކާއެކު އެމްޑަބްލިޔުއެސްސީގެ އެޕަށް މުހިންމު ބަދަލުތަކެއް

112

އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕްލިކޭޝަނަށް ހެޔޮ ގިނަ ބަދަލުތަކެއް ގެނެސް، އައު ހިދުމަތްތަކެއް ތައާރަފުކޮށްފިއެވެ.

މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕަށް ގެނެވުނު ކުރިއެރުންތަކާއެކު އެޕު ތައާރަފުކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން ޝަމްޙޫޒާ އަޙްމަދާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި މެނޭޖުމެންޓު ޓީމުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިއަދު ތައާރަފުކުރި ބަދަލުތަކަކަކީ ކުންފުނީގެ ހިދުމަތްތައް ދުވަހުން ދުވަހަަށް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެޕް ކުރިއަށްވުރެ ސާދަކުރުމާއެކު ހިދުމަތް ލިބިގަތުން ފަސޭހަކޮށްދީ އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ގެނައި ބަދަލުތަކކެެވެ.

އެގޮތުން މި ބަދަލުތަކާއެކު ކަސްޓަމަރުން ކައުންޓަރަށް އައި ހިދުމަތް ހޯދުމުގެ ބަދަލުގައި އެޕްލިކޭޝަން މެދުވެރިކޮށް ފެނާއި ނަރުދަމާއާ ގުޅުންހުރި ހުރިހާ ހިދުމަތަކަށް އެދި ހުށަހެޅުމާއި، ބިލުތަކަށް ފައިސާ ދެއްކުމާއި އެހެނިހެން ހިދުމަަތްތައް ލިބިގަަނެވޭނެ ގޮތަށް މަގުފަހިވާނެއެވެ.

ކުރިން އެޕުން ލިބެމުންއައި ހުރިހާ ހިދުމަތެއް އަލަށް ގެނައި ބަދަލުތަކާއެކު ލިބޭނެއެވެ. އެ ހިދުމަތްތަކުގެ އިތުރަށް އައު ބައެއް ހިދުމަތްތައް ތައާރަފުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ޗައިނާގެ ފެއާއެއްގައި މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓުކުރަނީ

އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާއަޅައިފި

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި

ބޮޑު ޗުއްޓީގައި މެލޭޝިއާ އަދި ބެންކޮކަށް މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއް ބާއްވަނީ

TTH_advertisement ELL Mobile Advertisement