ކުއްލި ޚަބަރު

ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރަން މަޝްވަރާކޮށްފި

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

އަންހެނުންގެ ކޮމިޓީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

ތުއްތު ކުއްޖެއްގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ފެނުނު މައްސަލައެއްގައި އެ ކުއްޖާގެ މަންމަ ހޯދަނީ

ތުއްތު ކުއްޖެއްގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ފެނުނު މައްސަލައެއްގައި އެ ކުއްޖާގެ މަންމަ ހޯދަން އޭނާގެ ފޮޓޯއާ ވަނަވަރު މިއަދު އާންމުކޮށްފި އެވެ.

ކުއްޖާ އުންފަވިއިރު ކުއްޖާގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ފެނުނު މައްސަލައެއްގައި ހޯދަމުން ދަނީ ސ. ހިތަދޫ / އުޖާލާ، އާމިނަތު ޝިފްޒާ (40އ) އެވެ. ފުލުހުން މިއަދު ބުނީ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޝިފްޒާއަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެން ކަމުން ޖިނާއި މައްސަލަތައް ތަހުޤީޤު ކުރުމުގައި ފުލުހުން ޢަމަލުކުރާނެ ޢިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ތަޙުޤީޤަށް ހާޒިރުވުމަށް އަންގައި ޢިއުލާނުކުރީ ކަަމަށް ފުލުހުން ބުންޏެވެ.

ޝިފްޒާ ހާޒިރު ކުރަނީ އެ މައްސަލައިގެ ތަޙުޤީޤަށް ކުރެވޭ ތުހުމަތާއި ގުޅިގެން ސުވާލުކުރުމަށް ބުނެފައިވެ އެވެ.

އާމިނަތު ޝިފްޒާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮތް މީހެއް ކަމަށް އެނގިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރަން މަޝްވަރާކޮށްފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފުރަތަމަ ދަތުރު ގުރައިދުއަށް

414939 ac31c191 c

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

“ރަށިބާޒާރޮ” ގެ ނަމުގައި ފުވައްމުލައް ސިޓީގައި ބޮޑު ނައިޓް މާކެޓެއް ފަށައިފި

ELL Mobile Advertisement TTH_advertisement