ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިޔާގެ ބޮޑުވަޒީރު މޯދީ ޖުލައި 25 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

TTH_Ads
STO_Ads
Advertisement

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި މަހުގެ 25 ވަނަ ދުވަހު ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ މޯދީގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަޢުވަތުފުޅަކަށް އެމަނިކުފާނު ކުރައްވާ ޒިޔާރަތެއް ކަމަަށެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގަންނަވަނީ ޖުލައި 25 އަދި 26 ވަނަ ދުވަހަށެވެ. މިއީ މޯދީ އިންޑިޔާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މީގެ ކުރިން 2019 ވަނަ އަހަރު ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށްފަހު ރާއްޖެއަަށް މޯދީ ޒިޔާރަތްކުރެއްވިއެވެ. އެއީ އެ އަހަރުގެ ޖޫން މަހުއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މޯދީގެ މި ދަަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒާއި މޯދީ ބައްދަލުކުރައްވައި މަަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށްގެންދަވާނެއެވެ. އެގޮތުން ދެ ގައުމުގެ ގުޅުމާ ގުޅޭ ކަންކަމުގެ އިތުރަށް ސަރަހައްދީ މައްސަލަތަކާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރަށް މި ދަަތުރުފުޅުގައި އިންޑިޔާއާއި ރާއްޖެ ގުޅިގެން ކުރިއަށްގެންދިޔަ ބަައެއް މަޝްރޫއުތައް އިފުތިތާހުކުރެއްވުން އޮންނާނެއެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިއްސާވަނިވި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ފަހުމުނާމާތަކެއްގައި ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައި ސޮއިކުރެވިގެންދާނެއެވެ.

HajjCop_ads
MMA_Ads
Advertisement

ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި މޯދީގެ މި ޒިޔާރަތަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، އިންޑިޔާއާއި ރާއްޖޭގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ދިމާވާ ޒިޔާރަތަކަށްވާތީ މިއީ ވަރަށް މުހިއްމު ތާރީހީ ޒިޔާރަތަކަށްވާނެއެވެ.

ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިންޑިޔާއާއެކު މަޝްވަރާކުރައްވައި، ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން އަނބުރާ ގައުމަަށް ގެންދިއުމަށް ދެ ގައުމުގެ މެދުގައި އެއްބަސްވުމެއް ގާއިމުކުރެވި، ސިފައިން ގެންގޮސްފައިވެއެވެ.

އޭގެ ފަހުން ރައީސްވަނީ އިންޑިޔާއަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގެން، އެ ގައުމުގެ ރައީސް އަދި މޯދީއާވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިޔާއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސައިދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި އެހެނިހެން ބައެއް ދާއިރާތަކުން ދެ ގައުމުގެ މެދުގައި އޮތް އެއްބާރުލުންދިނުން އިތުރުކުރުމާއި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ފަހުމުނާމާތަކުގައި ސޮއިކުރެވުނެވެ.

ރައީސް ޑރ.މުޢިއްޒު ގެންދަވަނީ އިންޑިޔާއާއި ޗައިނާއާއި ދުނިޔޭގެ އެހެނިހެން ބޮޑެތި ބާރުތަކާއެކު ތިލަފަތްހަމަ ގުޅުމެއް ދަމަހައްޓަވަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އިންޑިއާއިން ހަދިޔާކުރި ހިމަބިއްސާއި ރުބެއްލާ ވެކްސިނާއި ސިއްހީ ސާމާނު މާލެ ގެނެސްފި

އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ މީސްލްސް ވެކްސިން ހަދިޔާކޮށްފި

india

އިންޑިއާގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި މޯދީ އަށް ރައީސްގެ މަރުހަބާ

India Ambassador

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ދެމިއޮންނާނެ: ބާލަސުބްރަމާނިއަން