ކުއްލި ޚަބަރު

ރިސޯޓެއްގައި ނިޔާވި އަދީލް އޮޓޮޕްސީ ހެދުމަށް ފަހު ވަޅުލައިފި

ހައިވޭގައި ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓެއް

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޝަރީއަތަށް ފިލައިގެން ގައުމު ދޫކޮށް ގޮސްދާނެތީ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯގެ ފައިގައި ޓެގް އަޅުވައިފި

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ގައުމު ދޫކޮށް ފިލައިގެން ގޮސްދާނެތީ އޭނާގެ ފައިގައި ފުލުހުން ޓެގް އަޅުވައިފިއެވެ.

ބޮލްސޮނާރޯގެ ފައިގައި ފުލުހުން ޓެގް އެޅުވީ، ބްރެޒިލްގެ ސުޕްރީމް ކޯޓުން އެކަމަށް އަމުރު ކުރުމުންނެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ފެޑެރަލް ފުލުހުންގެ މައްޗަށް ނެރުނު އަމުރާ ގުޅިގެން ފުލުހުންވަނީ، ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ގެ ރެއިޑްކޮށް ބަލައިފާސްކޮށްފައެވެ.

އަދި ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ބޮލްސޮނާރޯގެ ފައިގައި ޓެގްވެސް އަޅުވާފައި ވެއެވެ.

ސުޕްރީމް ކޯޓުން މިކަންކަމަށް އަމުރުކުރީ، ބްރެޒިލްގެ އަދުލުއިންސާފުގެ ނިޒާމުގެ ތެރެއަށް އަތްބާނައި ނުފޫޒުފޯރުވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން އެހީތެރިކަން ހޯދުމަށް، ބޮލްސޮނާރޯ މަސައްކަތް ކުރަމުންދާތީއެވެ.

މީގެއިތުރުން، ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ބޭރުގެ އޮފިޝަލުންނާ މުއާމަލާތް ކުރުމާއި، ބްރެޒިލްގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކަށް ދިއުންވެސް ސުޕްރީމް ކޯޓުން، ބޮލްސޮނާރޯއަށް މަނާކޮށްފައި ވެއެވެ.

މިކަންކަން މަނާކުރީ، ކުރީގެ ރައީސް ބޮލްސޮނާރޯ ގައުމު ދޫކޮށް ފިލައިގެން ދާންއުޅޭކަމުގެ ކަށަވަރު މައުލޫމާތު ލިބިގެން ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައި ވެއެވެ.

އޭނާގެ މައްޗަށް ބްރެޒީލްގައި ޝަރީއަތް ފަށަން ތައްޔާރުވަމުންދަނީ، ބަޣާވާތެއް ކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ. އެއީ، މިހާރުގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާ 2023 ވަނަ އަހަރު ވެރިކަމުގެ ހުވާ ކުރެއްވިޔަ ނުދިނުމަށް ގެންނަން އުޅުނު ބަޣާވާތެކެވެ.

މިކަމުގެ ޝަރީއަތް ހުއްޓުވަން ބޮލްސޮނާރޯ ގެންދަނީ ބޭރުގެ ލީޑަރުންގެ އެހީތެރިކަމަށް އެދެމުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޓްރަމްޕްވެސް ހިމެނެއެވެ.

ޖައިރް ބޮލްސޮނާރޯއަކީ ޓްރަމްޕާވެސް ގާތް ގުޅުންތަކެއް އޮންނަ ބޭފުޅެކެވެ.

ބްރެޒީލުން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 އިންސައްތަ އިމްޕޯޓް ޓެކްސް ނަގަން ޓްރަމްޕް ނިންމި މައިގަނޑު އެއް ސަބަބެއް ކަމަށް ބުނެފައިވަނީވެސް ބޮލްސޮނާރޯއާ ދެކޮޅަށް ހިންގަންއުޅޭ ޝަރީއަތެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކާ ގުޅިގެން ކުރީގެ ރައީސް ބޮލްސޮނާރޯ ބުނެފައިވަނީ، އެއީ ވަރަށް ފިނޑި އަމަލުތަކެއް ކަމަށާއި، ޗީފް ޖަސްޓިސް އަކީ ޑިކްޓޭޓަރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތައިލެންޑުގެ އައު ބޮޑުވަޒީރުގެ މަޤާމަށް އަނުތިން ޗާންވިރަކުލް

އިސްރާއީލުގެ ބިރުދެއްކުންތަކާ އެކުވެސް، “ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގާފިލާގެ ދަތުރު ކުރިއަށް

ޔަމަނުން މިސައިލެއް އުދުއްސާލުމާއެކު މުޅި އިސްރާއީލުގައި ނުރައްކަލުގެ ޑަނޑޫރާ ޖަހަން ފަށައިފި

ޓްރަމްޕްގެ އިންޒާރު: ޣައްޒާ ހަނގުރާމަ ކާމިޔާބު ކުރެވުނަސް ބައިނަލްއަގްވާމީ ގުޅުންތައް އިސްރާއީލަށް ގެއްލޭނެ

ELL Mobile Advertisement TTH_advertisement