ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ ކެނަބިސް ފަތް އަތުލައިގެންފި

ހިޔާ ފްލެޓް އަތުލާފައިވާ ފަރާތްތަކަށް އިތުރު ލިޔުމަކާއި ނުލާ ފްލެޓު ދޭނެ: ރައީސް

މާލޭގެ ރައްޔިތުންގެ އަޑުއައްސަވައި އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމުން އެހެން ފްލެޓެއް ދޭން ރައީސް ނިންމަވައިފި

ސައުދީގެ “ސްލީޕިންގ ޕްރިންސް” 20 އަހަރުގެ ކޯމާއަކަށްފަހު އަވަހާރަވެއްޖެ

ސައުދީ އަރަބިއްޔާގެ “ސްލީޕިންގ ޕްރިންސް” ގެ ނަމުން މަޝްހޫރުވެފައިވާ ޕްރިންސް އަލް ވަލީދު ބިން ޚާލިދު ބިން ޠަލާލް، 20 އަހަރު ވަންދެން ކޯމާއެއްގައި އޮންނެވުމަށްފަހު އަވަހާރަވެއްޖެއެވެ. މި ހިތާމަވެރި ޚަބަރު އިޢުލާނު ކުރެއްވީ އޭނާގެ ބައްޕާފުޅު، ޕްރިންސް ޚާލިދު ބިން ޠަލާލް އެވެ.

2005 ވަނަ އަހަރު ލަންޑަނުގައި ހިނގި ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓެއްގައި ޕްރިންސް އަލް ވަލީދު ކޯމާއަކަށް ވެއްޓިވަޑައިގެންނެވި އިރު، އޭނާ ގެންދެވީ އިނގިރޭސިވިލާތުގައި ކިޔަވާ ވިދާޅުވަމުންނެވެ. އެ ހިސާބުން ފެށިގެން ފާއިތުވި ގާތްގަނޑަކަށް 20 އަހަރު ވަންދެން އޭނާ އޮންނެވީ މެޑިކަލް ސަޕޯޓުގައި ސިއްހީ އެހީތެރިންގެ ބެލުމުގެ ދަށުގައެވެ.

މި ދިގު މުއްދަތުގައި ކުޑަ އުއްމީދެއް ލިބުނު މަދު ހަރަކާތްތަކެއް ޕްރިންސްގެ ކިބައިން ފެނުނު ނަމަވެސް، އޭނާ ހޭ އަރާފައެއް ނުވެއެވެ.

ޕްރިންސް އަލް ވަލީދުގެ ހާލަތާ މެދު ސައުދީ އަރަބިއްޔާގެ އިތުރުން ބޭރު ދުނިޔޭގައި ވެސް ވަރަށް ބޮޑު ހަމްދަރުދީއެއް ލިބުނެވެ. އަދި މިލިއަނުން ގުނާލެވޭ މީހުން ޕްރިންސްގެ ހާލަތު ވަރަށް ގާތުން ބަލަމުން ދިޔައެވެ.

ޕްރިންސް ޚާލިދު ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ދަރިކަލުންގެ ކަށު ނަމާދު އާދީއްތަ ދުވަހު ރިޔާޟްގެ އިމާމް ތުރުކީ ބިން ޢަބްދުﷲ މިސްކިތުގައި ޢަޞުރު ނަމާދަށްފަހު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަޢުދީއަކީ އެންމެގާތް ޤައުމު، އަބަދުވެސް ރާއްޖެއަށް ޚާއްސަ އިސްކަމެއްދޭ: ރައީސް

ރާއްޖެއަށް ހައްޖު ކޯޓާ އިތުރު ކުރެވޭތޯ އެބަ މަސައްކަތް ކުރަން: ސަފީރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ފަށައިފި

ރާއްޖެއާއި ސައުދީ ދެމެދު އޮތީ ގުޅިގެން މަސައްކަތް ކުރުމުގެ ކާމިޔާބު ފެންނަ މޮޑެލެއް: ސައުދީ ސަފީރު

TTH_advertisement