ކުއްލި ޚަބަރު

ގެދޮރުވެރިޔާ ފުލެޓު އެއްބަސްވުންތަކުގައި އަންނަ ހޯމަ ދުވަހު ސޮއިކުރަން ފަށަނީ

މަސްތުވާތަކެއްޗާއެކު ފުލުހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި 

ފުލުހުންނާ މާރާމާރީ ހިންގި ދެ މީހަކު ހައްޔަރުކޮށްފި 

ވިއްސާރައިގައި މުރައިދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އިއްޔެ ކުރި ވިއްސާރައިގައި ހއ. މުރައިދޫ ބައެއް ގެތަކަށާއި ކައުންސިލް އިދާރާއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ހަވީރު އައި ކޮޅިގަނޑުގައި ހއ. މުރައިދޫ މީހުން ދިރިއުޅޭ 3 ގެއަކާއި ކައުންސިލް އިދާރާ ހިންގަމުންދާ އިމާރާތުގެ ފުރާޅު އެއްލާލައިފައިވާ ކަމަށެވެ. މީގެތެރެއިން 2 ގެއެއްގެ ފުރާޅު ރަށު ކައުންސިލާއި ރައްޔިތުންނާއި ފުލުހުންނާއި އެމްޓީސީސީގެ އެހީތެރިކަމާއެކު ވަގުތީގޮތުން ހިޔާކޮށް، މީހުންނަށް ރޭ ނިދޭނެ ޙާލަތަކަށް ގެނެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލްގައި އިދާރީ މަސައްކަތް ކުރެވޭ ހާލަތަށް ގެނެވުނުހާ އަވަހަކަށް، ގޭގެއަށް ލިބުނު ގެއްލުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓްކޮށް، އޮންނަ އުޞޫލުގެ ތެރެއިން ސަރުކާރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް ކައުންސިލުން ވިދާޅުވިކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަދަ ހާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ފެންނަ އިޖުތިމާޢީ ބަދަހިކަމަކީ ހިތަަށް ފިނިކަން ލިބޭ، ދިރުން ގެނެސްދޭ ކަމެއް ކަމަށްވެސް ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ، ކައުންސިލް އިދާރާ ހިންގަމުންދާ އިމާރާތުގެ ފުރާޅު އެއްލާލުމާ ގުޅިގެން ކައުންސިލް އިދާރާއަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ. އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ އެ އިދާރާއިގެ މީޓިން ރޫމަށްކަމަށްވެސް ސިނާން ވިދާޅުވިއެވެ. އެގޮތުން ކައުންސިލް އިދާރާގެ ސީލިންގު ހަލާކުވެ އަދި މީޓިން ރޫމްގައި ހަރުކޮށްފައި ހުރި ޓީވީއަށްވެސް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާކަމަށް ވިދާޅުވިއެވެ.

ސިނާން ވިދާޅުވީ، ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ގެތަކާއި ކައުންސިލް އިދާރާއަށްވެސް ވަގުތީ ހައްލެއް ގެނެސް ފައިވާކަމަށެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ބައެއް ރަށްރަށަށް އަންނަނީ ލިބެމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލޭގައި ގަދަ ވަޔާއެކު އެކި ސަރަހައްދުތަކުން ގަސްތައް ވެއްޓި މަގުމަތީގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށާއި ޖަހާފައިހުރި ފެންސުތަކަށް ވަނީ އެކިވަރުގެ ގެެއްލުންތައް ވެފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ބަސް ސްޓޭންޑެއްވެސް ވަނީ ވަޔާ އެއްލާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ގްލޯބަލް ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ

112

ގަދަވަޔާއެކު މާފަންނު ޕޮލިސް ސްޓޭޝަންގެ ކުޑަދޮރެއް މަގުމައްޗަށް ވެއްޓިއްޖެ

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފެށިތާ 75 އަހަރު ފުރުން ފާހަގަކޮށްފި

Large 174245095223f9ay

ގެދޮރުވެރިޔާ ފުލެޓު އެއްބަސްވުންތަކުގައި އަންނަ ހޯމަ ދުވަހު ސޮއިކުރަން ފަށަނީ

TTH_advertisement ELL Mobile Advertisement