ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުމްރާއަށް ގެންދަން ފައިސާ އާއި ޕާސްޕޯޓު އަތުލުމަށްފަހު، ކުންފުނީގެ ވެރިން ފިލި މައްސަލައެއް 

Hbn 9

އަސްކޮއި ހައްޖު އުމްރާ މޯލްޑިވްސްގެ ވެރިން އުމްރާއަށް ގެންދިއުމަށް ފައިސާ އަތުލުމަށްފަހު ރާއްޖެ ދޫކޮށް ފިލި މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ، އަސްކޮއި ހައްޖު އުމްރާ މޯލްޑިވްސްގެ ވެރިން، ގިނަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެންމެފަހު ވަގުތު ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ވެރިން ޕާސްޕޯޓާއި ފައިސާއާއެކު ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ބައެއް މީޑިއާތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެކަން ބަލަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ވެސް އުމްރާއަށް ގެންދިއުމަށް މީހުން އަތުން ފައިސާ އަތުލުމަށްފަހު، އުމްރާއަށް ނުގެންދާ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. މިނިސްޓްރީން އަންނަނީ އެފަދަ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަމުންނެވެ. އެގޮތުން މީގެ ކުރިން ބައެއް ކުންފުނިތައް ވަނީ ޖޫރިމަނާކޮށް، އުމްރާއަށް މީހުން ގެންދިއުމުގެ ލައިސަންސް ވެސް ހިފަހައްޓައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

Iu

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

umra

އެކި ސަބަބުތައް ދިމާވެގެން ނުފުރުނު އުމްރާވެރިން ސައުދި އަރަބިއްޔާއަށް ހިނގައްޖެ

767

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި