ޒަމްޒަމް ފެން ކަމަށް ބުނެ އިސްކުރު ފެން ވިއްކާ މައްސަލައެއް ސަމާލު ކަމަށް އައިސް އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ޒަމްޒަމް ފެން ވިއްކާ ކަމަށް ބުނެ “ސާމާނު” ކިޔާ ޕޭޖަކުން ދަނީ އިޝްތިހާރު ކުރަމުންނެވެ. އެއީ އޮރިޖިނަލް ޒަމްޒަމް ފެން ކަމަށް ބުނެ ފެން ގަންނަން ގުޅާނެ ނަންބަރެއް ވެސް ހިމަނާފައިވެ އެވެ.
ނަމަވެސް އެއީ ޔޫއޭއީގައި އިސްކުރު ފެން އަޅައިގެން ބަންދުކޮށްގެން ރާއްޖެ ގެނެސް ވިއްކަމުންދާ ފެނެއް ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި ޔޫއޭއީގެ ފުލުހުން ވަނީ އެ ފެން ބަންދުކުރާ ތަން ރެއިޑްކޮށް އެކަމުގައި ހަރަކާތްތެރިވާ މީހުން ހައްޔަރު ކޮށްފައި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން އެކަމާއި ބެހޭ މައުލޫމާތު ސާފު ކުރަމުންދާ ކަަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު