އދ. މާމިގިލި ކައިރިއަށް މިއަދު ފީނަން ފޭބި ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަނިކޮށް، މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މާމިގިލީ ކައިރިއަށް ފީނަން ދިޔަ ހަތަރު ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ ކަމަށް މިރޭ 19:00 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭގެތެރެއިން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފީނަން ފޭބި ސަރަހައްދާ ކައިރި ހިސާބަކުން މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.

އިޝްތިހާރު އިޝްތިހާރު

އެ ކުއްޖާ ފެނުނީ ސިފައިންނާއި ފުލުހުންނާއި ރަށުގެ ރައްޔިތުން ކުރި މަސައްކަތުންނެވެ. އެ ކުއްޖާ މިހާރު އޮތީ މާގިލީ ސިއްހީ މަރުކަޒުގައެވެ.