ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންސިސްގެ ގުދަނުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

121
STO_Ads
TTH_Ads

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި އެންސިސް ފިޝަރީޒްގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެ ސަރަހައްދު އަދިވެސް އޮތީ ވަރަށް ބޮޑަށް ދުމުން ކަޅުވެފައެވެ. މިރޭ އިރާކޮޅުގެ ވަގުތެއްގައި އެ ހާދިސާ ހިނގިިއިރު، ގުދަނުގައި އެއްވެސް މީހަކު ނެތެވެ. މި ހާދިސާގައި އެއްވެސް މީހަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ގުދަނަށް ވަނީ ބޮޑެތި ގެއްްލުންތަކެއް ލިބިފައެވެ.

އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

HajjCop_ads

މި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައެވެ. އަދި މި ހާދިސާގެ ސަބަބުން، ޚާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، ފުލުހުންވަނީ ސަމާލުވާން އެދިފައެވެ.

އެހެން ކަމުން، ޒަރޫރީ ބޭނުންތަކުގައި ނޫނީ، އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށް ދާ މީހުން މަގު ބޭނުންކުރާއިރު ޚާއްސަ ސަމާލުކަމެއް ދޭން ފުލުހުން އެދެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

ޑްރަގްގެ މައްސަލައެއްގައި މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި

Police vcle

އޭޕްރީލުމަހު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި