ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޮއްދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

121
STO_Ads
TTH_Ads
Advertisement

ނ. ފޮއްދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

މިއީ ދައުލަތުގެ ބަޖެޓުން 49.77 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ތަފްސީލް

HajjCop_ads
Advertisement

  • 30,648 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރާނެ
  • 3,990 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެ
  • 145 މީޓަރުގެ ބޭރުތޮށި ލާނެ
  • 165 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ
  • 130 މީޓަރުގެ އެއްގަމުތޮށި ލާނެ
  • 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހަދާނެ
  • 600 އަކަމީޓަރުގެ ޕޭވްމަންޓް ހަދާނެ
  • ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރާނެ

އެނގުން މުހިންމު – 504 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮއްދޫ ރައްޔިތުން އާއްމުކޮށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގަ އެވެ. އެގޮތުން، އެ ރަށުގައި 5 ގެސްޓްހައުސް މިވަގުތު ހިންގަ އެވެ.

“ނަމަވެސް، ބަނދަރެއް ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެ ނޫން މީހުން ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ،” އެމްޓީސީސީން ނެރުނު ބަޔާނެއްގައިވެއެވެ.

“މިއަދު އަމަލީ މަސައްކަތް ފެށުނު ބަނދަރުގެ މަސައްކަތް ނިމުމާ އެކު ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރިންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ.”

ބަނދަރުގެ މަސައްކަތް ފެށިވަގުތު އެ ރަށުގެ ރައްޔިތުން ވަނީ އެ ސަރަހައްދަށް ގޮސް މަސައްކަތް ކުރިއަށްދާގޮތް ބަލާލާފައެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ އެމްޓީސީސީ އާ ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައެވެ. އެ ކުންފުނިން އަންނަނީ އެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮމަދޫ ބަނދަރުގައި ބޮޑުހިލާ ޖެހުމާއި، އެއްގަމު ތޮށީގެ މަސައްކަތް ކުރިއަށް

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ހުސެއިން އާދަމް ބިލްޑިންއިން ދޮށިމޭނާއާ ހަމައަށް އެއްގަމު ތޮށި ސިފައިންގެ ބޭނުމަށް ހާއްސަ