ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާނޭ އެއްޗެއް ފޯރުކޮށްދީގެން ފުރާނަ ސަލާމަތްކުރެވޭ މީހުންނަށްވުރެ، ކާއެއްޗެއް ހޯދަން އުޅެނިކޮށް މަރާލާ މީހުންގެ އަދަދު ގިނަ: ލަޒާރިނީ

ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ ޚާއްސަ އޭޖެންސީ އަންރުވާގެ ވެރިޔާ ފިލިޕް ލަޒާރިނީ
TTH_Ads
STO_Ads
Advertisement

ކާނޭ އެއްޗެއް ފޯރުކޮށްދީގެން ފުރާނަ ސަލާމަތްކުރެވޭ މީހުންނަށްވުރެ، ކާއެއްޗެއް ހޯދަން އުޅުމުގެ ތެރޭގައި މަރާލާ މީހުންގެ އަދަދު ގިނަކަމަށް ވިދާޅުވެ، ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ ޚާއްސަ އޭޖެންސީ އަންރުވާގެ ވެރިޔާ ފިލިޕް ލަޒާރިނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފިއެވެ.

ބައިނަލްއަގްވާމީ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ފިލިޕް ލަޒާރިނީ ވިދާޅުވީ، ޣައްޒާގެ އެއްވެސް ތަނެއް ރައްކާތެރި ނޫން ކަމަށެވެ.

އިސްރާއީލުގެ ރުހުން ލިބިގެން ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ ނަމުގައި ހަރަކާތްތެރިވާ ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަންގެ މަސައްކަތްތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި އަންރުވާގެ ވެރިޔާ ވިދާޅުވީ، އެމީހުން ބަހާ އިންސާނީ އެހީގެ ސަބަބުން ސަލާމަތްވާ މީހުންނަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިގެންދާ ކަމަށެވެ.

HajjCop_ads
Advertisement

އދގެ ނިޒާމުތައް ފުނޑާލައި، ޣައްޒާގައި އިންސާނީ އެހީ ބަހާ ގްރޫޕުން، ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންދާ ޣައްޒާގެ އާންމުން އެތައް މޭލަކަށް ހިންގުވައި، ރަތްދަކަ އަވީގައި އެތައް ގަޑިއިރަކު އިންތިޒާރު ކުރުވާ ކަމަށް ވިދާޅުވިއެވެ.

އަދި އެގޮތަށް ބައިތިއްބައި ބަޑިޖަހައި އެތައްސަތޭކަ ބަޔަކު މަރާލާފައިވާ ކަމަށާއި، އެތައްހާސް ބަޔަކު ޒަޚަމްކޮށްލާފައިވާ ކަންވެސް،ފިލިޕް ލަޒާރިނީ ފާހަގަ ކުރެއްވިއެވެ.

ފިލިޕް ލަޒާރިނީ ވިދާޅުވީ، އިސްރާއީލުން އިންސާނީ އެހީ، ހަނގުރާމައިގެ ހަތިޔާރަކަށް ހަދާފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން އަންރުވާގެ ވެރިޔާ ފިލިޕް ލަޒާރިނީ ވިދާޅުވީ، އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 55،000 އަށްވުރެ ގިނަމީހުން މަރާލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށެވެ.

ޣައްޒާ ހަނގުރާމައިގައި އިސްރާއީލު ސިފައިން ހަމަލާދީ އަންރުވާގެ 320 ސްޓާފުން މިހާތަނަށް މަރާލާފައިވާ ކަމަށާއި، އެ އޭޖެންސީގެ އެތައް އޮފީސް އިމާރާތަކަށް ބޮންއަޅައި ގޮއްވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ހުރިހާކަމެއް އިސްރާއީލުން ހިންގަމުން ގެންދާއިރުވެސް، އިސްރާއީލު ޖަވާބުދާރީ ނުކުރުވޭކަމީ ނުރައްކާތެރި ކަމެއްގޮތުގައި ލަޒާރިނީ ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

ރޭގައި އެކަނިވެސް ޣައްޒާއިން 6 މީހުން ޝަހީދުކޮށްލައިފި، ޣައްޒާގައި ޖަރީމާތަކެއް ހިންގާކަމަށް ހުޅަނގު ގަބޫލެއް ނުކުރޭ