ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކޮށް އިފްތިތާޙުކޮށްފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމާ އެ އެއާޕޯޓް ރަސްމީކޮށް އިފްތިތާޙުކޮށްފި އެވެ. ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ނިމުމާއެކު ރަސްމީކޮށް އިފްތިތާޙު ކޮށްފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) މެދުވެރިކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެހީގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް 23 ޖެނުއަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖެއާއި ޓަފް އޮފްޝޯ އެންޖިނިއަރިންގ ސަރވިސަސް ޕްރައިވެޓް ލިމިޓްޑް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 49 މިލިއަން އެމެރިކާ ޑޮލަރެވެ. މި އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކަކީ:

ރަންވޭއަށް ބޭނުންވާ ބިން ހިއްކުން އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރުން
2200 މީޓަރު ދިގު ރަންވޭއެއް ހެދުން (ޓެކްސީވޭ، އެޕްރަން އަދި ފަޔަރޕެޑް/ ރޯޑް އާއެކު)
ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޕެސެންޖަރ ޓަރމިނަލް ޢިމާރާތެއް ހެދުން
ފަޔަރ އެންޑް ރެސްކިއު ސްޓޭޝަން އަދި ކޮންޓްރޯލް ޓަވަރު ހެދުން
މެއިންޓެނަންސް ހޭންގާރ ހެދުން
ޕެސެންޖަރ ޖެޓީ އަދި ވީވީއައިޕީ ޕެސެންޖަރ ޖެޓީ ހެދުން
ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން
މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން
ސެކިއުރިޓީ ފެންސް ހެދުން
ގްރައުންޑް ހެންޑްލިންގ އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީކުރުމަށް 27 ޑިސެމްބަރ 2022 ގައި އޭ.ޑީ.އެފް.ޑީ އާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ އެކު 8 ޑިސެމްބަރ 2022 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

HajjCop_ads
Advertisement

އެމް.ޓީ.ސީ.ސީ އާ އެކު ވެވުނު އެއްބަސްވުމުގެ ޖުމްލަ އަގަކީ 27 މިލިއަން އެމެރިކާ ޑޮލަރެވެ. ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމިފައިވަނީ 6 ޑިސެމްބަރު 2024 ގައެވެ.

ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކަކީ:
ކޯޑް އީ އެއާކްރާފްޓް ޖެއްސުމަށް، ފުރަތަމަ ފިޔަވަހީގެ ދަށުން ހެދިފައިވާ 2200 މީޓަރު ދިގުމިނުގެ ރަންވޭއަށް އިތުރު 650 މީޓަރު އިތުރުކޮށް، ރަންވޭ ފުޅާކުރުން
ރަންވޭ ދިގުކުރުމަށް އަދި ފުޅާކުރުމަށް ބޭނުންވާ ބިންހިއްކުން އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުން
ރަންވޭ އެއާފީލްޑް އަދި އެއާފީލްޑް ލައިޓް އަޕްގްރޭޑް ކުރުން ހިމެނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް ހަފުތާއަކު 6 ދުވަހު

700266931 1426164966205979 5314635858838116995 n

މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އޮސްޓްރޭލިއާގެ މެލްބަންއަށް ފަށަނީ

Maldivian

އަލަށް ގެންނަ ސީޕްލޭންތަކާއެކު ރޭގަނޑު ދަތުރުކުރުމުގެ ފުރުޞަތު ފަހިވާނެ: މޯލްޑިވިއަން

Maldivian

ގައުމީ އެއާލައިން މޯލްޑިވިއަންއިން ފަތުރުވެރިންނަށް ވިއްކާ ޓިކެޓުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ނިންމައިފި