ކުއްލި ޚަބަރު

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ހިޔާ ފްލެޓެއްގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެ

ތެލެސީމިއާ ކުދިންނަށް އެމްބީއެސްގެ ހާއްސަ ހޮޓްލައިން ނަމްބަރެއް

395665 df95740a c
ރައީސް ޑރ. މުހައްމަދު މުއިއްޒު ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން — ފޮޓޯ: ރައީސް އޮފީސް

ތެލަސީމިއާ ކުދިންނާއި މީހުންނަށް ހިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އަށް ހޮޓްލައިން ނަމްބަރެއް ތައާރަފުކޮށްފިއެވެ.

އެމްބީއެސް އިން ތެލަސީމިއާ ކުދިންނާއި މީހުންނަށް ހާއްސަކޮށްގެން ތައާރަފުކުރި އެ ނަމްބަރަކީ 7333645 އެެވެ.

އެމްބީއެސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަމްބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށާއި އެ ނަމްބަރުން ވައިބާ އަދި ވަޓްސް އެޕް މެދުވެރިކޮށްވެސް މައުލޫމާތު ސާފުކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކޮށް އެކުދީންނަށް ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ހާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ތިބި ކުދިންނަށް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމާއި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެމްބީއެސް އިން އަންނަނީ ކުރަމުންނެވެ.

ތެލަސީމިއާ ކުދިންނަށް ބޭނުންވާ ހިދުމަތް ފުޅާކުރުމަށް މި ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެތައް އަހަރެއްވަންދެން ތެލަސީމިއާ ސެންޓަރު ހިންގަމުންދިޔަ އިމާރާތް ދޫކޮށްލައި، ހުޅުމާލޭ އޮރެންޖު ހިޔާއަށް ވަނީ އިމާރާތް ބަދަލުކޮށްފައެވެ.

އޭގެ އިތުރުން ތެލަސީމިއާ ކުދިންނާއި މީހުންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8989898989

ތެލަސީމިއާ ސެންޓަރު ރަސްމީކޮށް އޮރެންޖް ހިޔާއަށް ބަދަލުކޮށްފި

އޮރެންޖުހިޔާގައި ޤާއިމުކުރެވުނު ތެލަސީމިއާ ސެންޓަރު ސިއްޙީ ވުޒާރާއާ ޙަވާލުކުރެވިއްޖެ

B 202503281033151743183195.8726

ހުޅުމާލޭ އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

Big ha7wkwg6nahyhc5m6klrk0rp2

ތެލަސީމިއާ ސެންޓަރުގެ އިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފި

TTH_advertisement