ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލާއެކު އޮންނަ ވިޔަފާރިއާއި މާލީ ހުރިހާ ގުޅުންތަކެއް ކަނޑާލުމަށް، އަލްބަނީޒް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވައިފި

އދގެ ސްޕެޝަލް ރަޕޯޓްއަރ ފްރަންޗެސްކާ އަލްބަނީޒް
STO_Ads
TTH_Ads
Advertisement

އިސްރާއީލާއެކު އޮންނަ ވިޔަފާރިއާއި މާލީ ހުރިހާ ގުޅުންތަކެއް ކަނޑާލުމަށް، ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކާބެހޭ އދގެ ސްޕެޝަލް ރަޕޯޓްއަރ ފްރަންޗެސްކާ އަލްބަނީޒް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވައިފިއެވެ.

ހަމަ އެއާއެކު، އިސްރާއީލާ ދެކޮޅަށް ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްވެސް އަލްބަނީޒް ގޮވާލައްވާފައި ވެއެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގައި ވާހަކަ ދައްކަވަމުން ފްރަންޗެސްކާ އަލްބަނީޒް ވިދާޅުވީ، ގައުމުތަކުން އިސްރާއީލަށް ފޯރުކޮށްދޭ ހަތިޔާރުގެ ބޭނުންކޮށްގެން ޣައްޒާގައި ފަލަސްތީނު ރައްޔިތުންގެ ނަސްލުނައްތާލުމުގެ ކެމްޕެއިނެއް އިސްރާއީލުން ހިންގަމުން ގެންދާ ކަމަށެވެ.

HajjCop_ads
Advertisement

އަލްބަނީޒް ވިދާޅުވީ، މިޒަމާނުގެ ތާރީޚުގައި ހިނގި އެންމެ އަނިޔާވެރި ނަސްލު ނައްތާލުމުގެ ޖަރީމާގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލު ކަމަށެވެ.

އދގެ ސްޕެޝަލް ރަޕޯޓްއަރ ފްރަންޗެސްކާ އަލްބަނީޒްވަނީ، އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް އެންމެ ފަހުގެ ރިޕޯޓް ހުށަހަޅާފައެވެ.

އެ ރިޕޯޓްގައި، ޣައްޒާއަށް ދެމުންގެންދާ އަސްކަރީ ހަމަލާތަކާއި، އަދި ހިފާފައިވާ ބިންތަކުގައި ޣައިރުގާނޫނީ ޔަހޫދީ އާބާދީތައް ހެދުމުގައި ބައިވެރިވާ 60 ކުންފުންޏެއްގެ ނަން ހިމަނާފައި ވެއެވެ.

ކުންފުނިތަކުގެ ލިސްޓާ ގުޅޭގޮތުން އަލްބަނީޒް ވިދާޅުވީ، މިއީ ހަމައެކަނި ލިސްޓެއް ނޫން ކަމަށާއި، މިއީ ނިޒާމެއްގެ ތެރެއިން ރޭވިގެން ހިންގާ ކަމެއް ކަމަށެވެ.

މިކަން ހުއްޓުވަންޖެހޭ ކަމަށާއި، އިސްރާއީލާ ދެކޮޅަށް ހަތިޔާރުގެ ފުރިހަމަ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެކަމަނާ ގައުމުތަކަށް ގޮވާލެއްވިއެވެ.

އަދި އިސްރާއީލާ އެކު އޮންނަ ވިޔަފާރީގެ އެއްބަސްވުންތައް ސަސްޕެންޑް ކުރުމަށްވެސް ގޮވާލެއްވިއެވެ.

އަދި ހަމަ އެއާއެކު، ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް، ފަލަސްތީނުގެ ރަށްތަކުގައި ޖަރީމާތައް ހިންގުމުގައި ބައިވެރިވާ ކުންފުނިތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށްވެސް އދގެ ސްޕެޝަލް ރަޕޯޓްއަރ ފްރަންޗެސްކާ އަލްބަނީޒް ގޮވާލައްވާފައި ވެއެވެ.

ފްރަންޗެސްކާ އަލްބަނީޒްގެ ރިޕޯޓް މި ހަފްތާގެ ކުރީކޮޅުގައި އާންމުކުރުމާއެކު، އދގައި ހުންނަ އިސްރާއީލުގެ މިޝަނުން ބުނެފައިވަނީ، އެ ރިޕޯޓަކީ އިސްރާއީލުގެ އަބުރު ކަތިލައި، އަގު ވައްޓާލުމުގެ ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަމަށެވެ. އަދި އެ ރިޕޯޓްގައި ހިމެނެނީ ހަގީގަތާ ޚިލާފް ދޮގު ވާހަކަތަކެއް ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްއިން ދުވާލަކު 2.7 މިލިއަން ޑޮލަރު ދޫކުރޭ

Ihsaan

މުވައްޒަފުންނަށް ދެވޭ ތަމްރީނުތަކަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ކުރެވޭ އިންވެސްޓްމެންޓެއް: ޑރ. އަޒުވަރު

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

Sea Cucumber (Thelenota anax) (8499582873)

އެމްބަރފިޝް ހުއިފިލަނޑާ ބޭރުކުރުމަށް މަޝްވަރާކޮށްފި