ކުއްލި ޚަބަރު

ސަލާމަތީ ކަންބޮޑުވުންތަކެއް ހުރެގެން އީރާނު ވައިގެ ބައެއް ސަރަހައްދުތައް އަލުން ބަންދުކޮށްފި

ސިންގަޕޫރާއި ރާއްޖޭގެ ގުޅުމުގެ އާ ބާބެއް ފެށިއްޖެ: ރައީސް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ 6 މަހަށް ޖަލަށްލާން، ޣައިރު ހާޟިރުގައި ހުކުމްކޮށްފި

ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

police

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 6 ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެދުމުގެ މަތިން ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުމުގެ އިތުރުން ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތްކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.

ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށް ނިންމާފައިވަނީ ށ. ފީވަށް، ރ. މަޑުއްވަރި، މ. މުލި، ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދ ލ. މާވަށުގައެވެ. މީގެ ތެރެއިން މުލި އަދި ވޭމަންޑޫގައި ފުލުހުންގެ މަރުކަޒު ތަރައްގީ ކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 212،500 ރުފިޔާ ކަނޑައަޅާފައިވާއިރު އެހެން ރަށްތަކުގައި ތަރައްގީ ކުރާ ފުލުހުންގެ މަރުކަޒުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ 72،250 ރުފިޔާއެވެ.

ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ނިންމާފައިވަނީ ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީގައެވެ. މި މަޝްރުއޫތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 127،500 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން މެންދުރު 14:00 އަށް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫއުތަކުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00:00ގެ ކުރިންނެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ޕޯޓަލަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. މި މަސައްކަތްތަކަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްތަކެއްގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

ކޯޓަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަންޑޭ ބަންދުން ދޫކޮށްލައިފި

909

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

121

ޕާކިސްތާން ހައި ކޮމިޝަނުން އެމްޕަވަމަންޓް ހަބަށް ހިލޭ އެހީ ދީފި

121

ރަސްފަރި ފަރު އިއާދަކުރުމަށް ސަންގެލިން އެހީވާން އެއްބަސްވެއްޖެ

TTH_advertisement ELL Mobile Advertisement