ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަމާލެ ބްރިޖްގެ %60 މަސައްކަތް ނިމިއްޖެ

Thilamale buridge
STO_Ads
Maldivian_Ads
TTH_Ads
Advertisement

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ތިލަމާލޭ ބްރިޖްގެ ޕައިލިންގ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް ވިދާޅުވެފައެވެ. މި މަސައްކަތަކީ މުޅި ބްރިޖް މަޝްރޫޢުގެ އެންމެ ގޮންޖެހުންތެރި މަރުޙަލާކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ތިލަމާލޭ ބްރިޖަކީ މާލެ ސަރަޙައްދުގައި ކުރިއަށްގެންދެވޭ އެންމެ މުހިންމު އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، ވަޒީރު ވިދާޅުވީ ޕައިލިންގގެ ދަށުން އެއްގަމާއި ކަނޑުގައި ޖުމްލަ 263 ހޮޅި ފައްތާފައިވާ ކަމަށެވެ. މިހާތަނަށް މުޅި ބްރިޖް މަޝްރޫޢުގެ 60.84 އިންސައްތަ މަސައްކަތް ނިމިފައިވާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށްޓަކައި، ދިވެހި ސަރުކާރުން އިންޑިއާގެ އިސްފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

މި ބްރިޖް މަޝްރޫޢުގެ ދަށުން ހަތަރު ސަރަޙައްދެއް ގުޅުވާލެވޭނެއެވެ. ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިނުގެ މި ބްރިޖުގައި، ކޮންމެ ރަށަކަށް އަރައި ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިންގ ސަރަޙައްދުތައްވެސް ހިމެނޭނެއެވެ.

މަޝްރޫޢުގެ ޓައިމްލައިންގައިވާ ގޮތުން، މާލެއިން ގުޅިފަޅަށް ގުޅުވާލާ ބައިގެ މަސައްކަތް 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ. އަދި ގުޅިފަޅުން ތިލަފުއްޓަށް ގުޅުވާލާ ބައިގެ މަސައްކަތް 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. މުޅި މަޝްރޫޢު ފުރިހަމަވެ ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ew

ތިލަމާލެ ބްރިޖު ފަރުމާކޮށްފައިވަނީ 120 އަހަރު ބޭނުންކުރެވޭގޮތަށް: އެފްކޮންސް

Original

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖް މަސައްކަތް އެއްކޮށް ނިންމާލުން : ރައީސް

Ew

ތިލަމާލެ ބުރިޖު މަޝްރޫއުގެ ސްޕީޑާމެދު އިންޑިއާއިންވެސް ހިތްހަމަނުޖެހޭ ކަމަށް ސަފީރު ވިދާޅުވެއްޖެ

43

ތިލަމާލެ ބްރިޖުގައި އަޑިގުޑަންތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު މުއްތަލިބު ދޮގުކުރައްވައިފި