ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %86 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

121
TTH_Ads
STO_Ads

ށ. ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %86 މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. މިހާރު މި މަޝްރޫޢުގެ މަސައްކަތުގެ %86 ނިމިފައިވާއިރު، މިވަގުތު ކުރިއަށް ދަނީ ބަނދަރު ސަރަހައްދުގައި ޕޭވްމަންޓް ހަރުކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން ނޫމަރާ ބަނދަރު ތަރައްޤީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ހިމެނެއެވެ. އެގޮތުން 34،386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އާ ހާބަރ ބޭސިން ފުންކުރުމާއި، 5،076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 2920 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

HajjCop_ads

މީގެ އިތުރުން ބަނދަރުގެ މިހާރު އޮތް އެއްގަމު ތޮށި މަރާމާތުކޮށް، 177 މީޓަރު ސަރަހައްދެއްގައި އާ އެއްގަމު ތޮށި ލުމާއި، 303 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ހަމައެހެންމެ 64 މީޓަރުގެ ސަރަހައްދެއްގައި ރިވެންޓްމެންޓަ ޖަހައި، 120 މީޓަރު ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް އެޅުމުގެ އިތުރުން، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ޤާއިމްކޮށް 1652 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބަނދަރު ބައްތި ހަރުކޮށް މޫރިން ބޮއި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ މަސައްކަތުގެ ޖުމްލަ އަގަކީ 53.3 މިލިއަން ރުފިޔާއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big NQJLSAoRmSB73bHMo9vgwp6uu

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާނީ ހުރިހާ ސެގްމެންޓެއް އެކީގައި: އެމްޓީސީސީ

43

ހިތާދޫ ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލައިފި

Igmh

އެމްޓީސީސީގެ ޑީއެމްޑީ ކަމުން ޝަރީފް ވަކިކޮށްފި

ގުރައިދޫ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި