ކުއްލި ޚަބަރު

އަށް މަހުގެ ކުއްޖާ މަރުވި މައްސަލަ: އައިޖީއެމްއެޗުން ބުނަނީ ދޭންޖެހޭ ފަރުވާތައް ޑޮކްޓަރުން ދިން ކަމަށް

ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅަން ހާއްސަ ސެންޓަރެއް ހުޅުވައިފި

ރިސޯޓުތައް މަދު އަތޮޅުތަކަށް އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް

ރައީސްގެ ދެކަނބަލުންގެ ނަންފުޅުން އޯކިޑަށް ނަން ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ނަންފުޅަށް ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި އޯކިޑް މަލެއް ނަންދެވިއްޖެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހިނގި ޚާއްޞަ ހަރަކާތެކެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހެނދުނު ސިންގަޕޫރުގެ ބޮޓޭނިކަލް ގާޑަންއަށް ޒިޔާރަތްކުރެއްވިއެވެ. އަލަށް ނަންދެވުނު އޯކިޑް ބަހައްޓާފައިވަނީ “ވީއައިޕީ އޯކިޑްސް” ކަލެކްޝަންގައެވެ. މިއީ ސިންގަޕޫރަށް ޒިޔާރަތްކުރައްވާ ބޭރުގެ އިއްޒަތްތެރި މެހެމާނުންގެ ނަންފުޅަށް އޯކިޑް ހައިބްރިޑްތަކަށް ނަންކިޔުމުގެ ދިގު މުއްދަތެއްގެ އާދަކާދައިގެ ތެރެއިން ހިނގި ކަމެކެވެ.

ނޭޝަނަލް އޯކިޑް ގާޑަންއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ އެގްޒެކެޓިވް ޑިރެކްޓަރ އޮފް ނޭޝަނަލް ޕާކްސް އެންޑް ގާރޑަންސް ކްލަސްޓަރ އަދި ގުރޫޕް ޑިރެކްޓަރ އޮފް ސިންގަޕޫރް ބޮޓާނިކް ގާޑެންސް، ޑރ. ޓަން ޕުއޭ ޔޯކްއެވެ. ރައީސްގެ ދެކަނބަލުން ވަނީ އޯކިޑް ގާޑަންގައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، ބަގީޗާ ބައްލަވާލައްވާފައެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، މާލީ ވަޒީރު މޫސާ ޒަމީރު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އަދި އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސިންގަޕޫރުގެ ބޮޓޭނިކް ގާޑަންއަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ލިސްޓުގައި ހިމެނޭ ފުރަތަމަ އަދި ހަމައެކަނި ޓްރޮޕިކަލް ބޮޓާނިކް ގާޑަންކަމެވެ. މި ތަނުގައި އޮންނަ އޯކިޑް ބަގީޗާގައި ގާތްގަނޑަކަށް 60,000 އޯކިޑް ގަހާއި 1,000 އަށް ވުރެ ގިނަ ތަފާތު ވައްތަރުގެ އޯކިޑް ގަސްތައް ހުރެއެވެ. މިއީ ސިންގަޕޫރުގެ ރައްޔިތުންނާއި ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުންނަށް ސިންގަޕޫރު ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

Igmh

8 މަހުގެ ކުއްޖާ ނިޔާވި މައްސަލަ އިތުރަށް ދަނީ ބަލަމުން: އައިޖީއެމްއެޗް

naib raees

ނައިބު ރައީސް ސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ފަރިއްކޮޅުގައި ބައިވެރިވަޑައިގެންފި

bml card

ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި

ELL Mobile Advertisement TTH_advertisement